ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)249-M/249/2026/50
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 02 އޮގަސްޓް 2026 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަހައްދުތައް ސާފުކުރުމަށް މީހުން ނެގުމާއިގުޅޭ

ހއ. ކެލާ އިޖްތިމާޢީ ސަރަހައްދުތަކުގައި ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓާނެ މީހުން ބޭނުންވެއްޖެއެވެ.                                                      

މުއްދަތު:       01 އަހަރު

މަސައްކަތުގެ ގަޑި: 1 ގަޑިއިރާއި 30 މިނިޓް ( ދުވާލަކު )

 

ޝަރުތު:

-          ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

-          އުމުރުން 18 އަހަރުން މަތީގެ މީހެއް ކަމުގައިވުން

 

 

މަސްޢޫލިއްޔަތުތަކާއި އެހެނިހެން ކަންތައް:

-          ކެލާ ކައުންސިލުން އިޖްތިމާޢީ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅަފާއިވާ ސަރަހައްދުތަކާއި މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް.

-          އިޖްތިމާޢީ ސަރަހައްދުގެ ގަސްތައް ކައުންސިލްގެ ބެލުމުގެ ދަށުން ކޮށާ ސާފުކުރުމުގެ މަސައްކަތް.

-          އިޖްތިމާޢީ ސަރަޙައްދުތަކުން ނަގާ ކުނިބުނިތައް އުކާލަންވާނީ، ކެލާގައި ކުނި މެނޭޖްކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް.

 

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ފޯމު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

23 ޖުލައި 2026