މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓް ( ސްކޫލް އޭސީ ކުރުން )

ކޫލުސްކޫލް ޕްރޮޖެކްޓްގެދަށުން މި ސްކޫލު ގައި 26 އެއަރކޮނޑިސަން އިންސްޓޯލް ކުރުމާއި މިކަމަށްބޭނުންވާ ކަރަންޓު ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން :

 

  1. ކޫލުސްކޫލް ޕްރޮޖެކްޓްގެދަށުން މި ސްކޫލު ގައި 26 އޭސީ އިންސްޓޯލް ކުރުމާއި، މިކަމަށްބޭނުންވާ ކަރަންޓު ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތް ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
  2. މި މަސައްކަތައްބޭނުންވާ އެއަރކޮންޑިޝަން މިސްކޫލުން ފޯރުކޮށްދެވޭނެއެވެ.  މި މަސައްކަތަށް ބޭނުންވާ އެހެންހުރިހާ ތަކެއްޗާއި މަސައްކަތަކީ  އަމިއްލަ ޚަރަދުގައި ކުރާގޮތައް ހަމަޖެހިފައިވާ މަސައްކަތެކެވެ.  
  3. 3.      މި ޕްރޮޖެކްޓަށް ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/20214 ) ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  4. 4.      މިޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ
  5. 5.      މި ޕްރޮޖެކްޓުގައި ރަޖިސްޓްރީ ކުރުމަށް 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން " ބިޑު ރެޖިސްޓްރީ ފޯމް " ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
  6. 6.      ޕްރޮޖެކްޓާއި ބެހޭގޮތުން ސުވާލެއްވާނަމަ 3 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިޢުލާނުގެ 11 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ސުވާލު ފޮނުވުން އެދެމެވެ. އަދި މިއުލާނާއި ގުޅިގެން މައުލޫމާތު ސާފު ކުރައްވަން ބޭނުން ފުޅުވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 3 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލުގެ މީޓީންގ ރޫމުގައި އޮންނާނެއެވެ.
  7. 7.      ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 6 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލުގެ މީޓިންގ ރޫމުގައެވެ.ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
  8. 8.      މި ޕްރޮޖެކްޓާގުޅޭ ރެޖިސްޓްރޭޝަން ފޯމްގެ ލިންކު މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  9. 9.      ބީލަމުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
  10. 10.  ބީލަމުގައި ރަޖިސްޓްރިކުރި ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބައިވެރިވާނަމަ އެކަން ބަޔާންކޮށް ލިޔުން ހުށަހަޅަންވާނެއެވެ.
  11. 11.  މިޕްރޮޖެކްޓާގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

-          ވާދޫ ސްކޫލް / ރ.ވާދޫ

-          ފޯން: 6580362

-          އީ-މެއިލް:[email protected]

ރެޖިސްޓްރޭޝަން ލިންކު:

https://forms.gle/fKhSUr7gvwkZ3wY8A  

 

22 ޖުލައި 2026
ހޯދާ