ބީލަން
ނަންބަރު: GS126/2026/IUL/17
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި:
06 އޮގަސްޓް 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓް ( ސްކޫލް އޭސީ ކުރުން )
ކޫލުސްކޫލް ޕްރޮޖެކްޓްގެދަށުން މި ސްކޫލު ގައި 26 އެއަރކޮނޑިސަން އިންސްޓޯލް ކުރުމާއި މިކަމަށްބޭނުންވާ ކަރަންޓު ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން :
- ކޫލުސްކޫލް ޕްރޮޖެކްޓްގެދަށުން މި ސްކޫލު ގައި 26 އޭސީ އިންސްޓޯލް ކުރުމާއި، މިކަމަށްބޭނުންވާ ކަރަންޓު ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތް ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
- މި މަސައްކަތައްބޭނުންވާ އެއަރކޮންޑިޝަން މިސްކޫލުން ފޯރުކޮށްދެވޭނެއެވެ. މި މަސައްކަތަށް ބޭނުންވާ އެހެންހުރިހާ ތަކެއްޗާއި މަސައްކަތަކީ އަމިއްލަ ޚަރަދުގައި ކުރާގޮތައް ހަމަޖެހިފައިވާ މަސައްކަތެކެވެ.
- 3. މި ޕްރޮޖެކްޓަށް ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/20214 ) ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- 4. މިޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ
- 5. މި ޕްރޮޖެކްޓުގައި ރަޖިސްޓްރީ ކުރުމަށް 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން " ބިޑު ރެޖިސްޓްރީ ފޯމް " ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
- 6. ޕްރޮޖެކްޓާއި ބެހޭގޮތުން ސުވާލެއްވާނަމަ 3 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިޢުލާނުގެ 11 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ސުވާލު ފޮނުވުން އެދެމެވެ. އަދި މިއުލާނާއި ގުޅިގެން މައުލޫމާތު ސާފު ކުރައްވަން ބޭނުން ފުޅުވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 3 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލުގެ މީޓީންގ ރޫމުގައި އޮންނާނެއެވެ.
- 7. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 6 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލުގެ މީޓިންގ ރޫމުގައެވެ.ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
- 8. މި ޕްރޮޖެކްޓާގުޅޭ ރެޖިސްޓްރޭޝަން ފޯމްގެ ލިންކު މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- 9. ބީލަމުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
- 10. ބީލަމުގައި ރަޖިސްޓްރިކުރި ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބައިވެރިވާނަމަ އެކަން ބަޔާންކޮށް ލިޔުން ހުށަހަޅަންވާނެއެވެ.
- 11. މިޕްރޮޖެކްޓާގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ވާދޫ ސްކޫލް / ރ.ވާދޫ
- ފޯން: 6580362
- އީ-މެއިލް:[email protected]
ރެޖިސްޓްރޭޝަން ލިންކު:
https://forms.gle/fKhSUr7gvwkZ3wY8A
22 ޖުލައި 2026