ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2026/22 |
|
ތާރީޚް |
06 ޞަފަރު 1448 |
|
|
20 ޖުލައި 2026 |
ދަނޑުބިންތަކާއި އަލައޮޅުގެ ދަފްތަރު އެކުލަވާލުން
ރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި،އަލައޮޅު ހައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ކުރުމަށް ބޭނުންވާތީ ރަށުގައި ދަނޑުވެރިކަން ކުރަމުންގެންދާ ފަރާތްތަކާއި،އަލައޮޅު ހައްދާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު އެގޭނެ ގޮތަށް 30 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެކުރިން މިކައުންސިލަށް ހުށަހަޅައި، ދަފްތަރުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
މިދެންނެވި ދަފްތަރު އެކުލަވާލުމަށްފަހު ދަނޑުވެރިކަމާގުޅޭ ކަންކަމާއި،މައްސަލަތަކުގައި ކައުންސިލުން ޢަމަލުކުރާނީ އެކުލަވާލެވިފައިވާ ދަފްތަރުގެ މައްޗަށް ބިނާކޮށް ކަމަށްވާތީ ހުރިހާ ފަރާތްތަކުންވެސް މިކަމަށްސަމާލުކަން ދެއްވައިގެން ދަފްތަރުގައި ރަޖިސްޓްރީވުމަށް ސަމާލުކަން ދެއްވުމަށްވެސް ދެންނެވީމީމެވެ.
1. ދަނޑުވެރިކަންކުރާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް:
2. ދަނޑުވެރިކަންކުރާ ފަރާތުގެ އައިޑީކާޑް ނަންބަރު:
- ދަނޑު ބިމުގެ ބޮޑުމިނާއި (އަކަފޫޓުން) ބިން އޮތްތަން:
- ހައްދަމުންގެންދާ ދަނޑުބިމުގެ ޢަދަދު:
- އަލައޮޅުގެ ބޮޑުމިނާއި (އަކަފޫޓުން) އަލައޮޅު އޮތްތަން:
- ހައްދަމުންގެންދާ އަލައޮޅުގެ ޢަދަދު :
އެހެންކަމުން މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ލަމްއާން ވަޙީދު
ކައުންސިލްގެ ރައީސް
