ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)421/ESMSED/421/2026/22
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 19:40
ސުންގަޑި: 19 އޮގަސްޓް 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިންތަކާއި އަލައޮޅުގެ ދަފްތަރު އެކުލަވާލުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2026/22

ތާރީޚް

‏ 06 ޞަފަރު 1448

 20 ޖުލައި 2026

ދަނޑުބިންތަކާއި އަލައޮޅުގެ ދަފްތަރު އެކުލަވާލުން

         ރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި،އަލައޮޅު ހައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ކުރުމަށް ބޭނުންވާތީ ރަށުގައި ދަނޑުވެރިކަން ކުރަމުންގެންދާ ފަރާތްތަކާއި،އަލައޮޅު ހައްދާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު އެގޭނެ ގޮތަށް 30 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެކުރިން މިކައުންސިލަށް ހުށަހަޅައި، ދަފްތަރުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

         މިދެންނެވި ދަފްތަރު އެކުލަވާލުމަށްފަހު ދަނޑުވެރިކަމާގުޅޭ ކަންކަމާއި،މައްސަލަތަކުގައި ކައުންސިލުން ޢަމަލުކުރާނީ އެކުލަވާލެވިފައިވާ ދަފްތަރުގެ މައްޗަށް ބިނާކޮށް ކަމަށްވާތީ ހުރިހާ ފަރާތްތަކުންވެސް މިކަމަށްސަމާލުކަން ދެއްވައިގެން ދަފްތަރުގައި ރަޖިސްޓްރީވުމަށް ސަމާލުކަން ދެއްވުމަށްވެސް ދެންނެވީމީމެވެ.

1. ދަނޑުވެރިކަންކުރާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް:

2. ދަނޑުވެރިކަންކުރާ ފަރާތުގެ އައިޑީކާޑް ނަންބަރު:

  1. ދަނޑު ބިމުގެ ބޮޑުމިނާއި (އަކަފޫޓުން) ބިން އޮތްތަން:
  2. ހައްދަމުންގެންދާ ދަނޑުބިމުގެ ޢަދަދު:
  3. އަލައޮޅުގެ ބޮޑުމިނާއި (އަކަފޫޓުން) އަލައޮޅު އޮތްތަން:
  4. ހައްދަމުންގެންދާ އަލައޮޅުގެ ޢަދަދު :

   އެހެންކަމުން މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

                                                                ލަމްއާން ވަޙީދު

                                                              ކައުންސިލްގެ ރައީސް                                                          

20 ޖުލައި 2026