ދިވެހިރާއްޖެ
ފ.ފީއަލީގެ ތަރައްޤީއަށާއި ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށްޓަކައި އެކުލަވައިލެވިފައިވާ "ލޭންޑްޔޫސް ޕްލޭން" އަށް އިޞްލާޙު ގެނައުމާއި ގުޅޭގޮތުން ޚިޔާލު ހުށަހެޅުމަށް ހުޅުވާލުން.
މި ރަށުގެ ތަރައްޤީއަށާއި ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށްޓަކައި އެކުލަވައިލެވިފައިވާ "ލޭންޑްޔޫސް ޕްލޭން" އަށް ބައެއް ބަދަލުތައް ގެނައުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ.
ވީމާ، މި ޕްލޭނަށް ގެނެވޭ ބަދަލުތަކާއި ، އިޞްލާޙުތަކާއި ގުޅޭގޮތުން ރަށުގެ ރައްޔިތުންނާއި، ކަމާގުޅޭ އެންމެހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭނުންވެއެވެ. މިކަމާ ގުޅޭގޮތުން އެއްވެސް ޚިޔާލެއް ނުވަތަ ހުށަހެޅުމެއް އޮތްނަމަ، މިއަދުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ނިޔަލަށް މި އިދާރާގެ ރަސްމީ އީމެއިލް އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
ރަށުގެ ބިމަކީ އެންމެހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ބޭނުންކުރެވޭ އެއްޗަކަށް ހެދުމަށް، ތިޔަ ބޭފުޅުންގެ އެއްބާރުލެއްވުމާއި ބައިވެރިވުން މި އިދާރާއިން ނުހަނު ބޮޑަށް ބަލައިގަންނާނެއެވެ.
އީމެއިލް އެޑްރެސް : [email protected]
ފޯން : 6740012
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
16 ޖުލައި 2026
02 ޞަފަރު 1448
ޚާދިމްކުމް
އަޙްމަދު އިލްހާމް
ފީއަލީ ކައުންސިލްގެ ރައީސް
