ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)370-ESMS SC/370/2026/20
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 16 އޮގަސްޓް 2026 14:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ލޭންޑްޔޫސް ޕްލޭނަށް އިޞްލާޙު ގެނައުމާއި ގުޅޭގޮތުން ޚިޔާލު ހުށަހެޅުމަށް ހުޅުވާލުން

 ފ.ފީއަލީގެ ތަރައްޤީއަށާއި ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށްޓަކައި އެކުލަވައިލެވިފައިވާ "ލޭންޑްޔޫސް ޕްލޭން" އަށް އިޞްލާޙު ގެނައުމާއި ގުޅޭގޮތުން ޚިޔާލު ހުށަހެޅުމަށް ހުޅުވާލުން.

 

       މި ރަށުގެ ތަރައްޤީއަށާއި ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށްޓަކައި އެކުލަވައިލެވިފައިވާ "ލޭންޑްޔޫސް ޕްލޭން" އަށް ބައެއް ބަދަލުތައް ގެނައުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ.

       ވީމާ، މި ޕްލޭނަށް ގެނެވޭ ބަދަލުތަކާއި ، އިޞްލާޙުތަކާއި ގުޅޭގޮތުން ރަށުގެ ރައްޔިތުންނާއި، ކަމާގުޅޭ އެންމެހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭނުންވެއެވެ. މިކަމާ ގުޅޭގޮތުން އެއްވެސް ޚިޔާލެއް ނުވަތަ ހުށަހެޅުމެއް އޮތްނަމަ، މިއަދުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ނިޔަލަށް މި އިދާރާގެ ރަސްމީ އީމެއިލް އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

       ރަށުގެ ބިމަކީ އެންމެހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ބޭނުންކުރެވޭ އެއްޗަކަށް ހެދުމަށް، ތިޔަ ބޭފުޅުންގެ އެއްބާރުލެއްވުމާއި ބައިވެރިވުން މި އިދާރާއިން ނުހަނު ބޮޑަށް ބަލައިގަންނާނެއެވެ.

 

އީމެއިލް އެޑްރެސް : [email protected]  

ފޯން : 6740012  

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

16 ޖުލައި  2026   

02 ޞަފަރު 1448

 

ޚާދިމްކުމް

 އަޙްމަދު އިލްހާމް

ފީއަލީ ކައުންސިލްގެ ރައީސް

16 ޖުލައި 2026