މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖުލައި 2026 ގެ ރައްޔިތުން ބައްދަލުވުމުގެ ދަޢުވަތު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެރޭ 20:45 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސްހޯލްގައި އޮންނާނެއެވެ.
މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީ:
- 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ހިއްސާކުރުން
- 2027 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލު ހިއްސާކުރުން
- 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހިއްސާކުރުން
- ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ވީމާ މިބައްދަލުވުމުގައި ބައިވެރިވުމަށް ލަންދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
13 ޖުލައި 2026
ހޯދާ
