ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2026/22
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:32
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި 2026 ގެ ރައްޔިތުން ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެރޭ 20:45 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސްހޯލްގައި އޮންނާނެއެވެ.

 މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީ:

 

  • 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ހިއްސާކުރުން
  • 2027 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލު ހިއްސާކުރުން
  • 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހިއްސާކުރުން
  • ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

 

ވީމާ މިބައްދަލުވުމުގައި ބައިވެރިވުމަށް ލަންދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

13 ޖުލައި 2026