|
މަޤާމު:
|
ޑިރެކްޓަރ
|
ބޭނުންވާ އަދަދު:
|
1
|
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
އެކައުންޓިންގ
|
|
ގްރޭޑް:
|
9
|
ސްޕައިން ޕޮއިންޓް:
|
46
|
|
މުސާރަ:
|
މަހަކު 15,246.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 6,534.00ރުފިޔާ
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
|
މަގާމުގެ ޝަރުތު:
|
- މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 9 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 4 އަހަރުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާތައް/ ޑިސިޕްލިންތައް:
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: އެކައުންޓިންގ، ފައިނޭންސް، މެނޭޖްމަންޓް
ތަޢުލީމީ ރޮނގުތައް: އެކައުންޓިންގ އެންޑް ފައިނޭންސް
ޕްރިފަރޑް ޑިސިޕްލިން: CIMA, ACCA، އަދި ގުޅޭ ދާއިރާތައް
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެކައުންޓިންގ ސެކްޝަންގެ އެންމެހައި މަސައްކަތްތައް ޔުނިވަރސިޓީގެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން ރާވައި ހިންގުން.
- މުވައްޒަފުންނަށް ދޭންޖެހޭ އެކިއެކި އިނާޔަތްތައް ކަމާއި ބެހޭ ސެކަޝަން އިން ފޮނުވުމުން އެ އިނާޔަތް ދިނުމުގެ ކަންތައް ކުރުވާ ބެލެހެއްޓުން.
- އެކިއެކި ޕްރޮޖެޗްޓްގެ ދަށުން މުވައްޒަފުންނަށާއި އަދި ބޭރުގެ ފަރާތް ތަކަށް ދޭންޖެހޭ ފައިސާ ކަމާއި ބެހޭ ސެކްޝަން ތަކުން ފޮނުވުމުން އެފައިސާ ދިނުމުގެ ކަންތައް ކުރުވާ ބެލެހެއްޓުން.
- އެކައުންޓިންގ ސެކްޝަނަށްލިބޭ ބިލްތަކުގެ އެންޓްރީ ފުރިހަމަކޮށް ބެލެހެއްޓޯތޯ ބެލުމާއި އެކު އެ ބިލްތަކާއި އެހެނިހެން ލިއުންތައް ބަލާ، ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދުދިނުން.
- ފައިސާ ދައްކަންޖެހޭ ބިލްތަކާއި އެހެނިހެން ލިޔުންތައް 3 ދުވަސް ތެރޭގައި ފައިސާދެއްކުމަށްޓަކައި ވައުޗަރ ހަދާ ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމާއި އަދި އެ މުއްދަތުގައި ނުފޮނުވޭނަމަ، ލަސްވާން ދިމާވާ ސަބަބު ބަލާ އެކަން ހައްލު ކޮށް ދިނުމަށް މަސައްކަތް ކުރުން.
- އެކިއެކި ފަރާތް ތަކަށް ފައިސާ ދޫކުރުމަށްޓަކައި ހަދާ ޕޭމަންޓް ވައުޗަރ ތައްބަލާ ޗެކްކޮށް، އަދި އެ ވައުޗަރ ތައް ފިނޭންސް މިނިސްޓްރީ އަށް ޕޯސްޓް ކުރުން.
- ޕޯސްޓްކުރާ ވައުޗަރ ތަކަށް ފިނޭންސް މިނިސްޓްރީ އިން ފައިސާ ދޫކޮށްފައިވޭތޯ މުވައްޒަފުން ލައްވާ ބަލާ ޗެކްކުރުން، މި ގޮތުން ކޮންމެ ހަފްތާއަކު ބުދަ ދުވަހު މި މަސައްކަތް މުޒައްޒަފުން ލައްވާބަލާ އަދާ ހަމަކުރުން
- ފައިސާ ހަމަނުޖެހޭ ވައުޗަރ ތަކަށް ފައިސާ ނުލިބޭ ކަންތައް ކަމާއި ބެހޭ ފަރާތަށް ގުޅައިގެން ހައްލު ކުރަން މަސައްކަތް ކުރުން.
- ޕޭމަންޓް ވައުޗަރ ތައް ރިކޯރޑް ކުރުމަށް ހެދިފައިވާ ގަވާއިދުގެ ދަށުން އެކަން ކުރޭތޯ ބެލުން.
- ވައުޗަރ ރަޖިސްޓްރީ އަދާހަމަކުރޭތޯ ބެލުން.
- ކިޔަވާ ކުދިންނާއި ލެކްޗަރަރއިނން ރާއްޖެތެރެ އަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުގައި ފައިނޭންސް ސެކްޝަނުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
- ކަމާބެހޭ މުވައްޒަފު ލައްވައި ޤަވާއިދުން ސެކްޝަންގެ ތިޖޫރީގެ ކަންތައް ކުރުވާ، ގަވާއިދުން ރިޕޯރޓް ހަދާތޯ ބެލުން.
- ޕެޓީކޭޝް ދޫކުރުމުގެ އެންމެހާކަންތައްތައް ގަވާއިދާއި އެއްގޮތަށް ކުރުވުން.
- އޮޑިޓް ކުރުމުގެ މަސައްކަތަށް އޯޑިޓަރ ޖެނެރަލްގެ އޮފީހުން ބޭނުންވެގެން އަންގާ އެކައުންޓިން އާއި ބެހޭ ލިއެކިއުންތައް ފޯރުކޮށްދިނުމުގެ ކަންތައްތައް އިންތިޒާމް ކޮށް ބެލެހެއްޓުން.
- ލަފާކުރާބަޖެޓް ހެދުމުގައި އެހީތެރިވެދިނުން
- މާލީ ބަޔާން އަދި އަހަރީ ރިޕޯރޓް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ސެކްޝަންގެ އެކި އެކި ރިޕޯރޓްތައް ހެދުމުގައި އެހީތެރިކަން ދިނުން.
- މީގެ އިތުރުން ޔުނިވަރސިޓީން ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ޙަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ކުރުން.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2026 ޖުލައި 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2026-126
|
|
ނޯޓް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
|