ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2026/126
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 15 ޖުލައި 2026 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް :ޑިރެކްޓަރ (އެކައުންޓިންގ)
ބޭނުންވާ އަދަދު :1

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

އެކައުންޓިންގ

ގްރޭޑް:

9

ސްޕައިން ޕޮއިންޓް:

46

މުސާރަ:

މަހަކު 15,246.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  6,534.00ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  • މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 9 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން  4 އަހަރުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

 

ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: އެކައުންޓިންގ، ފައިނޭންސް، މެނޭޖްމަންޓް

ތަޢުލީމީ ރޮނގުތައް: އެކައުންޓިންގ އެންޑް ފައިނޭންސް

ޕްރިފަރޑް ޑިސިޕްލިން: CIMA, ACCA، އަދި ގުޅޭ ދާއިރާތައް

މަޤާމުގެ މަސްއޫލިއްޔަތު:

  • އެކައުންޓިންގ ސެކްޝަންގެ އެންމެހައި މަސައްކަތްތައް ޔުނިވަރސިޓީގެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން ރާވައި ހިންގުން.
  • މުވައްޒަފުންނަށް ދޭންޖެހޭ އެކިއެކި އިނާޔަތްތައް ކަމާއި ބެހޭ ސެކަޝަން އިން ފޮނުވުމުން އެ އިނާޔަތް ދިނުމުގެ ކަންތައް ކުރުވާ ބެލެހެއްޓުން.                                    
  • އެކިއެކި ޕްރޮޖެޗްޓްގެ ދަށުން މުވައްޒަފުންނަށާއި އަދި ބޭރުގެ ފަރާތް ތަކަށް ދޭންޖެހޭ ފައިސާ ކަމާއި ބެހޭ ސެކްޝަން ތަކުން ފޮނުވުމުން އެފައިސާ ދިނުމުގެ ކަންތައް ކުރުވާ ބެލެހެއްޓުން.
  • އެކައުންޓިންގ ސެކްޝަނަށްލިބޭ ބިލްތަކުގެ އެންޓްރީ ފުރިހަމަކޮށް ބެލެހެއްޓޯތޯ ބެލުމާއި އެކު އެ ބިލްތަކާއި އެހެނިހެން ލިއުންތައް ބަލާ، ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދުދިނުން.                                                                 
  • ފައިސާ ދައްކަންޖެހޭ ބިލްތަކާއި އެހެނިހެން ލިޔުންތައް 3 ދުވަސް ތެރޭގައި ފައިސާދެއްކުމަށްޓަކައި ވައުޗަރ ހަދާ ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމާއި އަދި އެ މުއްދަތުގައި ނުފޮނުވޭނަމަ، ލަސްވާން ދިމާވާ ސަބަބު ބަލާ އެކަން ހައްލު ކޮށް ދިނުމަށް މަސައްކަތް ކުރުން.
  • އެކިއެކި ފަރާތް ތަކަށް ފައިސާ ދޫކުރުމަށްޓަކައި ހަދާ ޕޭމަންޓް ވައުޗަރ ތައްބަލާ ޗެކްކޮށް، އަދި އެ ވައުޗަރ ތައް ފިނޭންސް މިނިސްޓްރީ އަށް ޕޯސްޓް ކުރުން.
  • ޕޯސްޓްކުރާ ވައުޗަރ ތަކަށް ފިނޭންސް މިނިސްޓްރީ އިން ފައިސާ ދޫކޮށްފައިވޭތޯ މުވައްޒަފުން ލައްވާ ބަލާ ޗެކްކުރުން، މި ގޮތުން ކޮންމެ ހަފްތާއަކު ބުދަ ދުވަހު މި މަސައްކަތް މުޒައްޒަފުން ލައްވާބަލާ އަދާ ހަމަކުރުން
  • ފައިސާ ހަމަނުޖެހޭ ވައުޗަރ ތަކަށް ފައިސާ ނުލިބޭ ކަންތައް ކަމާއި ބެހޭ ފަރާތަށް ގުޅައިގެން ހައްލު ކުރަން މަސައްކަތް ކުރުން.
  • ޕޭމަންޓް ވައުޗަރ ތައް ރިކޯރޑް ކުރުމަށް ހެދިފައިވާ ގަވާއިދުގެ ދަށުން އެކަން ކުރޭތޯ ބެލުން.
  • ވައުޗަރ ރަޖިސްޓްރީ އަދާހަމަކުރޭތޯ ބެލުން.
  • ކިޔަވާ ކުދިންނާއި ލެކްޗަރަރއިނން ރާއްޖެތެރެ އަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުގައި ފައިނޭންސް ސެކްޝަނުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.                      
  • ކަމާބެހޭ މުވައްޒަފު ލައްވައި ޤަވާއިދުން ސެކްޝަންގެ ތިޖޫރީގެ ކަންތައް ކުރުވާ، ގަވާއިދުން ރިޕޯރޓް ހަދާތޯ ބެލުން.
  • ޕެޓީކޭޝް ދޫކުރުމުގެ އެންމެހާކަންތައްތައް ގަވާއިދާއި އެއްގޮތަށް ކުރުވުން.
  • އޮޑިޓް ކުރުމުގެ މަސައްކަތަށް އޯޑިޓަރ ޖެނެރަލްގެ އޮފީހުން ބޭނުންވެގެން އަންގާ އެކައުންޓިން އާއި ބެހޭ ލިއެކިއުންތައް ފޯރުކޮށްދިނުމުގެ ކަންތައްތައް އިންތިޒާމް ކޮށް ބެލެހެއްޓުން.
  • ލަފާކުރާބަޖެޓް ހެދުމުގައި އެހީތެރިވެދިނުން
  • މާލީ ބަޔާން އަދި އަހަރީ ރިޕޯރޓް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ސެކްޝަންގެ އެކި އެކި ރިޕޯރޓްތައް ހެދުމުގައި އެހީތެރިކަން ދިނުން.
  • މީގެ އިތުރުން ޔުނިވަރސިޓީން ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ޙަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 ޖުލައި 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2026-126

  

ނޯޓް:

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
 
08 ޖުލައި 2026