ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމް :ސީނިއަރ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ބިޒްނަސް ޑިވެލޮޕްމަންޓް

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

31

މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,793.19ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓް މުއްދަތު:

2 އަހަރު

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން، ބިޒްނަސް ޕްލޭން، އޮޕަރޭޝަނަލް ޕްލޭން އަދި އެކްޝަން ޕްލޭންތައް އެކުލަވައިލުމާއި ރިވިއުކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ޔުނިވަރސިޓީގެ އިންސްޓިޓިއުޝަނަލް ޕަފޯމަންސް މެނޭޖްމަންޓް، ކޭ.ޕީ.އައި.، ސްޓްރެޓެޖިކް އޮބްޖެކްޓިވްތައް، އަދި އޮޕަރޭޝަނަލް ޕަފޯމަންސް މެޓްރިކްސް ތައް ތަރައްޤީކޮށް، މޮނިޓަރކޮށް، އިވެލުއޭޓްކޮށް، ރިޕޯޓްކުރުމުގައި އެހީތެރިވުން.
  • ޕަފޯމަންސް ޑޭޝްބޯޑް، އަދި ސްޓްރެޓެޖިކް ކުރިއެރުން ދައްކާ ޕީރިއޮޑިކް ރިޕޯޓްތައް ތައްޔާރުކުރުން.
  • ބިޒްނަސް ޑިވެލޮޕްމަންޓުން ތައްޔާރުކުރަން ޖެހޭ ފީސިބިލިޓީ ސްޓަޑީސްތައް، އަދި ކޭޝް ފްލޯ ޕްރޮޖެކްޝަންސް  ތައްޔާރުކުރުމުގައި އެހީތެރިވުން.
  • ޔުނިވަރސިޓީއިން ކުރިއަށް ގެންދެވޭ ވިޔަފާރިތައް ފުޅާކުރުމުގެގޮތުން ބޭނުންވާ ޕްރޮޕޯޒަލްތައް ތައްޔާރުކުރުމާއި އެކި ކަހަލަ ވިޔަފާރި / އިންވެސްޓްމެންޓް ފުރުސަތުތައް ހޯދުމުގައި އެހީތެރިވުން.
  • ޔުނިވަރސިޓީއަށް އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެކިއެކި ފެކަލްޓީތަކާއި އަދި ކަމާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން މަޢުލޫމާތު ހޯދައި، ދިރާސާކޮށް، ރިޕޯރޓް ތައްޔާރުކުރުމުގައި އެހީތެރިވުން.  
  • ދަރިވަރުންގެ ބިޒްނަސް އިންކިއުބޭޓަރ ޕްރޮގްރާމްތައް ރާވައި، ހިންގައި އަދި މޮނިޓަރކުރުމުގައި އެހީތެރިވުން.
  • ޕޮލިސީ ޕޭޕަރު، ކޮންސެޕްޓް ނޯޓް، ބިޒްނަސް ކޭސް، ފަންޑިންގ ޕްރޮޕޯސަލް، އަދި މެނޭޖްމަންޓް ރިޕޯޓްތައް ތައްޔާރުކޮށް ސްޓްރެޓެޖިކް ނިންމުންތަކަށް އެހީތެރިވުން.
  • އެކި ކަހަލަ އިޤްތިޞާދީ / ފައިނޭންޝަލް ރިޕޯޓްތައް މުރާޖަޢާކޮށް، އިންޑަސްޓްރިއަލް ރިސާރޗް އެނެލީސިސް ތައްޔާރުކޮށް، މަޢުލޫމާތު ފޯރުކޮށްދިނުން.
  • ޔުނިވަރސިޓީގެ ފަރާތުން ބިޒްނަސް ޑިވެލޮޕްމަންޓުން އެކިއެކި މުއައްސަސާތަކާއި ގުޅިގެން ބާއްވާ އެންމެހައި ކަންކަން ކޯޑިނޭޓްކޮށް އިންތިޒާމްކުރުން.
  • ސަސްޓެއިނަބިލިޓީ، އިނޮވޭޝަން، ޕާޓްނަރޝިޕް، އަދި އިންސްޓިޓިއުޝަނަލް ތަރައްޤީއާ ގުޅޭ ކްރޮސް-ފަންކްޝަނަލް ޕްރޮޖެކްޓްތައް ކޯޑިނޭޓްކުރުމުގައި އެހީތެރިވުން.
  • ބިޒްނަސް ޑިވެލޮޕްމަންޓުން ކުރާ މަސައްކަތްތަކާއި ގުޅިގެން އެކި ފަރާތްތަކާއި އެކު ވެވޭ އެގްރިމަންޓްތައް ޑްރާފްޓްކޮށް، އެ އެގްރިމަންޓްތައް ރިވިއުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • ބިޒްނަސް ޑިވެލޮޕްމަންޓުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ބިޒްނަސް ޑިވެލޮޕްމަންޓާއި ގުޅުންހުރި ދުވަހުން ދުވަހުން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް، ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ވިޔަފާރި އާއި ބެހޭ ޤާނޫނުތަކަށް އަހުލުވެރިވެ އަންނަ ބަދަލުތައް ކަމާގުޅޭފަރާތްތަކާއި ހިއްސާކޮށް ބިޒްނަސް ޑިވެލޮޕްމަންޓުގެ ބެލުމުގެ ދަށުން ހިންގާ ވިޔަފާރިތައް ޤާނޫނާ ޤަވާއިދާ އެއްގޮތަށް ހިނގާތޯ ޗެކްކޮށް ރިޕޯރޓްތައް ތައްޔާކުރުކޮށް މުތާލިއާކުރުން.
  • ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރީގެ ބައިވެރިންނާއި، ދާއިރާގެ އިސް ފަރާތްތައް ހިމެނޭހެން ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު ބަދަހި ގުޅުމެއް ގާއިމުކޮށް، އެ ގުޅުން ދެމެހެއްޓުން.
  • ބަދަލުވަމުންދާ މާކެޓް ފުރުޞަތުތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވިޔަފާރިއަށް މުހިންމު މަޢުލޫމާތާއި ލަފާ ފޯރުކޮށްދިނުން.
  • ވިޔަފާރި ކުރިއެރުވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ސީނިއަރ މެނޭޖްމަންޓާއި، ކަމާގުޅޭ ޑިޕާޓްމަންޓްތަކާއި ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ވިޔަފާރީގެ ދުރުރާސްތާ ތަޞައްވުރުތަކާއި ހައްލުތައް ހުށަހެޅުމަށް އެހީތެރިވުން.
  • ވިޔަފާރީގެ ރޭވުންތަކަށް ކުރިއެރުންތަކެއް ގެނައުމަށްޓަކައި، ދުނިޔޭގެ ބާޒާރުގައި ހިނގާ ޓްރެންޑްތަކާއި އަލަށް ތަޢާރަފުވާ ޓެކްނޮލޮޖީތައް ދެނެގަތުމަށް އެހީތެރިވުން.
  • ފެކަލްޓީތަކާއި، އެކަޑެމިކް އަދި އިދާރީ ޑިޕާޓްމަންޓްތަކާއި، ގުޅިގެން ބައިނަލްއަޤްވާމީ ޔުނިވަރސިޓީ ރޭންކިންގ އަދި ބެންޗްމާކިންގ ފްރޭމްވޯކްތަކަށް ބޭނުންވާ ޑޭޓާ ޖަމާކުރުން، ސައްހަކަން ކަށަވަރުކުރުން، އަދި ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  • ބިޒްނަސް ޑިވެލޮޕްމަންޓުގެ ޕޮލިސީތަކާއި، ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް އެކުލަވައިލައި، އެއާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން ކަށަވަރުކުރުމަށް އެހީތެރިވުން.
  • ޔުނިވަރސިޓީގެ ބިޒްނަސް ޑިވެލޮޕްމަންޓް ހަރަކާތްތައް ތައްޔާރުކުރުމުގައި އެހީތެރިވުން އަދި މަގާމާ ގުޅޭ އެހެން ހުރިހާ ވާޖިބެއް، ޑައިރެކްޓަރ ނުވަތަ ސީނިއަރ މެނޭޖްމަންޓުން އަންގާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 ޖުލައި 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2026-124

 

ނޯޓް:

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.

 

 

07 ޖުލައި 2026
ހޯދާ