|
މަޤާމު:
|
ސީނިއަރ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ބިޒްނަސް ޑިވެލޮޕްމަންޓް
|
|
ގްރޭޑް:
|
7
|
ސްޕައިން ޕޮއިންޓް:
|
31
|
|
މުސާރަ:
|
މަހަކު 8,850.77 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,793.19ރުފިޔާ
|
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
|
ކޮންޓްރެކްޓް މުއްދަތު:
|
2 އަހަރު
|
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން، ބިޒްނަސް ޕްލޭން، އޮޕަރޭޝަނަލް ޕްލޭން އަދި އެކްޝަން ޕްލޭންތައް އެކުލަވައިލުމާއި ރިވިއުކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ޔުނިވަރސިޓީގެ އިންސްޓިޓިއުޝަނަލް ޕަފޯމަންސް މެނޭޖްމަންޓް، ކޭ.ޕީ.އައި.، ސްޓްރެޓެޖިކް އޮބްޖެކްޓިވްތައް، އަދި އޮޕަރޭޝަނަލް ޕަފޯމަންސް މެޓްރިކްސް ތައް ތަރައްޤީކޮށް، މޮނިޓަރކޮށް، އިވެލުއޭޓްކޮށް، ރިޕޯޓްކުރުމުގައި އެހީތެރިވުން.
- ޕަފޯމަންސް ޑޭޝްބޯޑް، އަދި ސްޓްރެޓެޖިކް ކުރިއެރުން ދައްކާ ޕީރިއޮޑިކް ރިޕޯޓްތައް ތައްޔާރުކުރުން.
- ބިޒްނަސް ޑިވެލޮޕްމަންޓުން ތައްޔާރުކުރަން ޖެހޭ ފީސިބިލިޓީ ސްޓަޑީސްތައް، އަދި ކޭޝް ފްލޯ ޕްރޮޖެކްޝަންސް ތައްޔާރުކުރުމުގައި އެހީތެރިވުން.
- ޔުނިވަރސިޓީއިން ކުރިއަށް ގެންދެވޭ ވިޔަފާރިތައް ފުޅާކުރުމުގެގޮތުން ބޭނުންވާ ޕްރޮޕޯޒަލްތައް ތައްޔާރުކުރުމާއި އެކި ކަހަލަ ވިޔަފާރި / އިންވެސްޓްމެންޓް ފުރުސަތުތައް ހޯދުމުގައި އެހީތެރިވުން.
- ޔުނިވަރސިޓީއަށް އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެކިއެކި ފެކަލްޓީތަކާއި އަދި ކަމާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން މަޢުލޫމާތު ހޯދައި، ދިރާސާކޮށް، ރިޕޯރޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
- ދަރިވަރުންގެ ބިޒްނަސް އިންކިއުބޭޓަރ ޕްރޮގްރާމްތައް ރާވައި، ހިންގައި އަދި މޮނިޓަރކުރުމުގައި އެހީތެރިވުން.
- ޕޮލިސީ ޕޭޕަރު، ކޮންސެޕްޓް ނޯޓް، ބިޒްނަސް ކޭސް، ފަންޑިންގ ޕްރޮޕޯސަލް، އަދި މެނޭޖްމަންޓް ރިޕޯޓްތައް ތައްޔާރުކޮށް ސްޓްރެޓެޖިކް ނިންމުންތަކަށް އެހީތެރިވުން.
- އެކި ކަހަލަ އިޤްތިޞާދީ / ފައިނޭންޝަލް ރިޕޯޓްތައް މުރާޖަޢާކޮށް، އިންޑަސްޓްރިއަލް ރިސާރޗް އެނެލީސިސް ތައްޔާރުކޮށް، މަޢުލޫމާތު ފޯރުކޮށްދިނުން.
- ޔުނިވަރސިޓީގެ ފަރާތުން ބިޒްނަސް ޑިވެލޮޕްމަންޓުން އެކިއެކި މުއައްސަސާތަކާއި ގުޅިގެން ބާއްވާ އެންމެހައި ކަންކަން ކޯޑިނޭޓްކޮށް އިންތިޒާމްކުރުން.
- ސަސްޓެއިނަބިލިޓީ، އިނޮވޭޝަން، ޕާޓްނަރޝިޕް، އަދި އިންސްޓިޓިއުޝަނަލް ތަރައްޤީއާ ގުޅޭ ކްރޮސް-ފަންކްޝަނަލް ޕްރޮޖެކްޓްތައް ކޯޑިނޭޓްކުރުމުގައި އެހީތެރިވުން.
- ބިޒްނަސް ޑިވެލޮޕްމަންޓުން ކުރާ މަސައްކަތްތަކާއި ގުޅިގެން އެކި ފަރާތްތަކާއި އެކު ވެވޭ އެގްރިމަންޓްތައް ޑްރާފްޓްކޮށް، އެ އެގްރިމަންޓްތައް ރިވިއުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
- ބިޒްނަސް ޑިވެލޮޕްމަންޓުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ބިޒްނަސް ޑިވެލޮޕްމަންޓާއި ގުޅުންހުރި ދުވަހުން ދުވަހުން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް، ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
- ވިޔަފާރި އާއި ބެހޭ ޤާނޫނުތަކަށް އަހުލުވެރިވެ އަންނަ ބަދަލުތައް ކަމާގުޅޭފަރާތްތަކާއި ހިއްސާކޮށް ބިޒްނަސް ޑިވެލޮޕްމަންޓުގެ ބެލުމުގެ ދަށުން ހިންގާ ވިޔަފާރިތައް ޤާނޫނާ ޤަވާއިދާ އެއްގޮތަށް ހިނގާތޯ ޗެކްކޮށް ރިޕޯރޓްތައް ތައްޔާކުރުކޮށް މުތާލިއާކުރުން.
- ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރީގެ ބައިވެރިންނާއި، ދާއިރާގެ އިސް ފަރާތްތައް ހިމެނޭހެން ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު ބަދަހި ގުޅުމެއް ގާއިމުކޮށް، އެ ގުޅުން ދެމެހެއްޓުން.
- ބަދަލުވަމުންދާ މާކެޓް ފުރުޞަތުތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވިޔަފާރިއަށް މުހިންމު މަޢުލޫމާތާއި ލަފާ ފޯރުކޮށްދިނުން.
- ވިޔަފާރި ކުރިއެރުވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ސީނިއަރ މެނޭޖްމަންޓާއި، ކަމާގުޅޭ ޑިޕާޓްމަންޓްތަކާއި ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ވިޔަފާރީގެ ދުރުރާސްތާ ތަޞައްވުރުތަކާއި ހައްލުތައް ހުށަހެޅުމަށް އެހީތެރިވުން.
- ވިޔަފާރީގެ ރޭވުންތަކަށް ކުރިއެރުންތަކެއް ގެނައުމަށްޓަކައި، ދުނިޔޭގެ ބާޒާރުގައި ހިނގާ ޓްރެންޑްތަކާއި އަލަށް ތަޢާރަފުވާ ޓެކްނޮލޮޖީތައް ދެނެގަތުމަށް އެހީތެރިވުން.
- ފެކަލްޓީތަކާއި، އެކަޑެމިކް އަދި އިދާރީ ޑިޕާޓްމަންޓްތަކާއި، ގުޅިގެން ބައިނަލްއަޤްވާމީ ޔުނިވަރސިޓީ ރޭންކިންގ އަދި ބެންޗްމާކިންގ ފްރޭމްވޯކްތަކަށް ބޭނުންވާ ޑޭޓާ ޖަމާކުރުން، ސައްހަކަން ކަށަވަރުކުރުން، އަދި ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
- ބިޒްނަސް ޑިވެލޮޕްމަންޓުގެ ޕޮލިސީތަކާއި، ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް އެކުލަވައިލައި، އެއާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން ކަށަވަރުކުރުމަށް އެހީތެރިވުން.
- ޔުނިވަރސިޓީގެ ބިޒްނަސް ޑިވެލޮޕްމަންޓް ހަރަކާތްތައް ތައްޔާރުކުރުމުގައި އެހީތެރިވުން އަދި މަގާމާ ގުޅޭ އެހެން ހުރިހާ ވާޖިބެއް، ޑައިރެކްޓަރ ނުވަތަ ސީނިއަރ މެނޭޖްމަންޓުން އަންގާ ގޮތެއްގެ މަތިން ކުރުން.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2026 ޖުލައި 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2026-124
|
|
ނޯޓް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
|