ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްރުކުން މުޅި ރައްޔިތުންނަށް ފައިދާ ލިބޭނެގޮތް ހެދުމުގެ މަޤުސަދުގައި، މިކައުންސިލްގެ 5 ވަނަ ދައުރުގެ 6 ވަނަ ޢާންމު ޖަލްސާއިން ވަނީ ގޮތްތަކެއް ނިންމަވާފައެވެ. އެގޮތުން ރައްޔިތުންގެ ރުއްރުކުގައި ހުންނަ ނުވަތަ ވެއްޓޭ ކާށި، ގަބުޅި އަދި ކުރުނބާ ފަދަ ތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުތައް ތިރީގައި މިވަނީއެވެ.
|
ތަކެތީގެ ބާވަތް |
ކަނޑައެޅިފައިވާ އަގު |
|
ދިޔަޖެހޭ ތަކެތި |
-/2 ރުފިޔަ (ކޮންމެ އެއްޗަކަށް) |
|
ދިޔަ ނުޖެހޭ ތަކެތި |
-/7 ރުފިޔަ (ކޮންމެ އެއްޗަކަށް) |
ސަމާލުކަމަށް: ރައްޔިތުންގެ ރުއްތަކުގެ ތެރޭގައި ކައުންސިލުން ބަދަލުދީ ސަރުކާރަށް ނުވަތަ ކައުންސިލަށް ނަގާފައިވާ ރުއްތައްވެސް ހިމެނޭނެއެވެ.
ވީމާ، ރަށުގެ ރުއްތަކުން ކާށި ހޮވަން ބޭނުންވާ ފަރާތްތަކުންނާއި، ރުއްރުކުން ތަކެތި (ކުރުނބާ/ގަބުޅި/ކާށި) އަޅަން ބޭނުންވާ ފަރާތްތަކުން، މިއިދާރާއަށް ކުރިއާލާ އަންގައި، މަތީގައި ބަޔާންކުރެވިފައިވާ ރޭޓުން ފައިސާ ދައްކަމުން ގެންދިއުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
