ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-M/322/2026/59
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 11:33
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްރުކުން ލިބޭ ތަކެތި (ކާށި، ގަބުޅި، ކުރުނބާ) ދޫކުރުމާގުޅޭ

          ރައްޔިތުންގެ ރުއްރުކުން މުޅި ރައްޔިތުންނަށް ފައިދާ ލިބޭނެގޮތް ހެދުމުގެ މަޤުސަދުގައި، މިކައުންސިލްގެ 5 ވަނަ ދައުރުގެ 6 ވަނަ ޢާންމު ޖަލްސާއިން ވަނީ ގޮތްތަކެއް ނިންމަވާފައެވެ. އެގޮތުން ރައްޔިތުންގެ ރުއްރުކުގައި ހުންނަ ނުވަތަ ވެއްޓޭ ކާށި، ގަބުޅި އަދި ކުރުނބާ ފަދަ ތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުތައް ތިރީގައި މިވަނީއެވެ.

ތަކެތީގެ ބާވަތް

ކަނޑައެޅިފައިވާ އަގު

ދިޔަޖެހޭ ތަކެތި

-/2 ރުފިޔަ (ކޮންމެ އެއްޗަކަށް)

ދިޔަ ނުޖެހޭ ތަކެތި

-/7 ރުފިޔަ (ކޮންމެ އެއްޗަކަށް)

 

         ސަމާލުކަމަށް:  ރައްޔިތުންގެ ރުއްތަކުގެ ތެރޭގައި ކައުންސިލުން ބަދަލުދީ ސަރުކާރަށް ނުވަތަ ކައުންސިލަށް ނަގާފައިވާ ރުއްތައްވެސް ހިމެނޭނެއެވެ.

        ވީމާ، ރަށުގެ ރުއްތަކުން ކާށި ހޮވަން ބޭނުންވާ ފަރާތްތަކުންނާއި، ރުއްރުކުން ތަކެތި (ކުރުނބާ/ގަބުޅި/ކާށި) އަޅަން ބޭނުންވާ ފަރާތްތަކުން، މިއިދާރާއަށް ކުރިއާލާ އަންގައި، މަތީގައި ބަޔާންކުރެވިފައިވާ ރޭޓުން ފައިސާ ދައްކަމުން ގެންދިއުމަށް ދަންނަވަމެވެ.

        މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖޫން 2026