މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދަރަވަންދޫ ހުކުރު މިސްކިތުގެ ފާހާނާތަކާއި ވުޟޫކުރާބައިތަކުގެ ޖަންކްޝަން ނަރުދަމާއަށް ގުޅާ ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ބ. ދަރަވަންދޫ ހުކުރު މިސްކިތުގެ ފާހާނާތަކާއި ވުޟޫކުރާބައިތަކުގެ ޖަންކްޝަން ނަރުދަމާއަށް ގުޅާ ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ކުރަން ޖެހޭ މަސައްކަތް:

-         ބ. ދަރަވަންދޫ ހުކުރު މިސްކިތުގެ 2 ފާހާނާއާއި ވުޟޫކުރާ 2ތަނުގެ ޖަންކްޝަން ނަރުދަމާއަށް ގުޅާ ދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުން.

-         ހުކުރު މިސްކިތުގެ އަންހެނުންފާހާނާގެ ފާހާނާ ތަށި ގުޑާފައިވާތީ އެކަން އަމިއްލަ ތަކެތީގައި ރަގަޅުކޮށް ދިނުން.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ނިންމާދެވޭނެ މުއްދަތު ބަޔާންކުރަންވާނެއެވެ.

ކޯޓޭޝަން އާއި އެކު ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.

-         ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ

-          އަމިއްލަ ފަރުދެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން އައިޑީކާޑުގެ ސާފު ކޮޕީއެއް.

ކޯޓޭޝަން ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ މުޙައްމަދު ސަލީމް (ނަންބަރު: 7885972) ފޯނާއި ގުޅުއްވުން އެދެމެވެ.

28 ޖޫން 2026
ހޯދާ