ދިވެހިރާއްޖެ
ބ. ދަރަވަންދޫ ހުކުރު މިސްކިތުގެ ފާހާނާތަކާއި ވުޟޫކުރާބައިތަކުގެ ޖަންކްޝަން ނަރުދަމާއަށް ގުޅާ ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ކުރަން ޖެހޭ މަސައްކަތް:
- ބ. ދަރަވަންދޫ ހުކުރު މިސްކިތުގެ 2 ފާހާނާއާއި ވުޟޫކުރާ 2ތަނުގެ ޖަންކްޝަން ނަރުދަމާއަށް ގުޅާ ދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުން.
- ހުކުރު މިސްކިތުގެ އަންހެނުންފާހާނާގެ ފާހާނާ ތަށި ގުޑާފައިވާތީ އެކަން އަމިއްލަ ތަކެތީގައި ރަގަޅުކޮށް ދިނުން.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ނިންމާދެވޭނެ މުއްދަތު ބަޔާންކުރަންވާނެއެވެ.
ކޯޓޭޝަން އާއި އެކު ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
- އަމިއްލަ ފަރުދެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން އައިޑީކާޑުގެ ސާފު ކޮޕީއެއް.
ކޯޓޭޝަން ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ މުޙައްމަދު ސަލީމް (ނަންބަރު: 7885972) ފޯނާއި ގުޅުއްވުން އެދެމެވެ.