ދިވެހިރާއްޖެ
FSM-ADV-/2026/138
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަޤާމް: |
ކުކް |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- މުވައްޒަފުންގެ ސިއްޚަތާއި ޚިދުމަތުގެ ފެންވަރަށް ސަމާލުވުމާއިއެކު، ކަނޑައެޅިފައިވާ ވަގުތުތަކަށް މުވައްޒަފުންގެ ކެއުންތައް ތައްޔާރުކުރުން. - ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެންމެހާ މިންގަނޑުތަކަށް ހިފެހެއްޓުމާއި ބެލެހެއްޓުން. - ބަދިގޭގެ އެހެން މުވައްޒަފުންނާއި ގުޅިގެން ކަންކަން ހިންގުމާއި، މަސައްކަތްތައް ކުރިއަށް ގެންދިއުން. - މަސައްކަތްކުރާ ތަނާއި، ބަދިގެ ސާފުތާހިރުކަމާއި ބެލެހެއްޓުން. - ބޯޓުރާޔޑު މުވައްޒަފުންގެ ކެއުންބުއިމުގެ ހުރިހާކަމެއް އިންތިޒާމުކުރުމާއި ހަމަޖެއްސުން. |
|
ޝަރުތުތައް: |
- ކައްކާއެއްގެ ގޮތުގައި މަދުވުގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން |
|
މަހު މުސާރަ: |
11,400ރ އާއި 13,200ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ތިލަފުށި، އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް |
|
މަޤާމް: |
ބްލާސްޓްމަން |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ވެސަލްސް އަދި ޓޭންކްސް ސޭންޑް ބްލާސްޓް ކުރުން. - ބްލާސްޓް ބޫތެއް ނުވަތަ އެފަދަ ސާމާނެއް ގާއިމްކޮށް ހިންގުން. - ކުލަލުމުގެ މަސައްކަތްތަކާއި، ޓޭންކް ސާފުކުރުމާއި، ގޭސް ފްރީޒްކުރުމާއި، އެހެނިހެން ސާފުކުރުމުގެ މަސައްކަތްތައް ކުރުން. - މީގެ އިތުރުންވެސް ބޯޓުޔާރޑްގެ އެހެނިހެން މެއިންޓެނަންސް މަސައްކަތްތަކެއް ކުރުން. |
|
ޝަރުތުތައް: |
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 2 އަހަރާއި 5 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން |
|
މަހު މުސާރަ: |
11,400ރ އާއި 13,200ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ތިލަފުށި، އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް |
|
މަޤާމް: |
އިންޖިނިއަރ، ސްލިޕްވޭރ |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ބޯޓުޔާޑުގައި އުޅަނދުފަހަރު އެހެލުމާއި ބޭލުމުގެ އެންމެހާ މަސައްކަތްތައް ރާވައި، ހަމަޖައްސައި، ބެލެހެއްޓުމާއި އަދި މި މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން. - އުޅަނދުފަހަރު މަރާމާތުކުރުމުގެ އެންމެހާ ހަރަކާތްތައް ރާވައި، ހިންގައި، ސުޕަވައިޒްކުރުން. - ސޭންޑްބްލާސްޓްކުރުން، ދަވާދުލުން، ޓޭންކު ސާފުކުރުން، ގޭސް-ފްރީކުރުން އަދި ލަކުޑި، އެލުމިނިއަމް، ފައިބަރު އަދި ސިމެންތީގެ މަސައްކަތްތައް ކުރުން. - ބޯޓުޔާޑުގެ ސްލިޕްވޭ މެޝިނަރީގެ އާލާތްތަކާއި އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބޭނުންކުރުމާއި، އެ ތަކެތީގެ ސާވިސް އަދި މަރާމާތުގެ ކަންކަން ބެލެހެއްޓުން. - މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަނެ، އެކަމާ ގުޅޭ ލަފާ ސެކްޝަންގެ އިސްވެރިޔާއަށް ހުށަހެޅުން. - ބޯޓުޔާޑުގެ ހިންގުން ހަލުވިކުރުމަށާއި، ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުން - މަސައްކަތްތަކަށް ބޭނުންވާ ތަކެއްޗާއި، ވަސީލަތްތަކާއި، އެހީތެރި ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. - ބޯޓުޔާޑުގައި އުކާލެވޭ ތަކެއްޗާއި، ތަޣައްޔަރުވެފައިވާ ތެލާއި އަދި ކަނޑައެޅިފައިވާ އެހެނިހެން ތަކެތި ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ނައްތާލުމުގެ މަސައްކަތް ބެލެހެއްޓުން. |
|
ޝަރުތުތައް: |
ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ، ނުވަތަ އެއާ އެއްފަދަ ފެންވަރެއްގެ ގާބިލުކަމުގެ ސަނަދެއް އޮތުން |
|
މަހު މުސާރަ: |
24,500ރ އާއި 23,500ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ތިލަފުށި، އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް |
|
މަޤާމް: |
މެކޭނިކް |
|
ޑިޕާޓްމަންޓް/ސެކްސަން: |
އެންޖިނިއަރިންގ ޑިޕާރޓްމަންޓް |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- އުޅަނދުގެ އިންޖީނާއި ކާގޯ ޕަމްޕްތައް ރޫޅާލައި އެސެމްބްލްކުރުން - އުޅަނދުތަކުގެ ކަރަންޓުން ދިމާވާ މައްސަލަތައް ހައްލުކުރުން - މަސައްކަތު ގަޑި ފިޔަވައި އެހެން ގަޑިތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން - ދިމާވާ ބްރޭކްޑައުންތަކަށް އަވަހަށް އެޓެންޑް ކުރެވޭނެ ފަރާތެއް ކަމުގައިވުން |
|
ޝަރުތުތައް: |
- މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ އޮޓޯމޮބައިލް އެންޖިން ނުވަތަ ގުޅޭ ދާއިރާއަކުން ސެޓްފިކެޓް 3 ހާސިލް ކޮށްފައިވުން - ދުޅަހެއު ސިއްހަތެއްގައި ހުރި ފަރާތެއްކަމުގައިވުން - މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން |
|
މަހު މުސާރަ: |
14,000ރ އާއި 16,000ރ އާއި ދެމެދު |
|
ޑިޕާޓްމަންޓް: |
ތިލަފުށި، އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް |
|
މަޤާމް: |
މެޝިނިސްޓް |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތަށް ފަރުވާތެރިކަމާއެކު، ލޭތު މެޝިނާއި، މިލިންގ މެޝިނާއި، ޑްރިލް ޕްރެސް އަދި ގްރައިންޑަރު ފަދަ އެކި ބާވަތްތަކުގެ މެޝިން ޓޫލްސްތައް ބޭނުންކޮށްގެން މަސައްކަތްކުރުން. - ޝާފްޓް، ފްލޭންޖް، ބުޝިންގ، ޕިން، ކަޕްލިންގ، ހުންގާނު، ބެއަރިންގ ހައުސިންގ އަދި މިނޫންވެސް ހާއްސަ ބައިތައް ތައްޔާރުކުރުމާއި، ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުން. - މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މެނުއަލް އަދި ޑިޖިޓަލް މިންއަޅާ އާލާތްތައް ބޭނުންކޮށްގެން ކަނޑައެޅިފައިވާ ވަކި މިންގަނޑުތަކަކަށް ފެތޭގޮތަށް މެޝިނިންގްގެ މަސައްކަތްތައް ފުރިހަމަކުރުން - ބޯރިންގ، ތުރެޑިންގ، ކީއިންގ އަދި ސްލީވިންގ ފަދަ މެޝިނިންގ އުކުޅުތައް ބޭނުންކޮށްގެން، އުޅަނދުފަހަރުގެ އިންޖީނާއި، ގިއަރބޮކްސް، ޕަންޕު، ވިންޗު އަދި އެހެނިހެން މެކޭނިކަލް ބައިތައް މަރާމާތުކުރުމާއި ބަދަލުތައް ގެނައުން. - ޝާފްޓާއި، ބެއަރިންގ އަދި މެކޭނިކަލް އެސެމްބްލީތަކުގެ އެލައިންމަންޓް ބެލުމާއި، ހަރުކުރުމުގެ މަސައްކަތުގައި އެހީތެރިވުން. |
|
ޝަރުތުތައް: |
ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ މަސައްކަތާއި ގުޅޭދާއިރާ އަކުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. |
|
މަހު މުސާރަ: |
20,500ރ އާއި 19,500ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ތިލަފުށި، އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
25 ޖޫން 2026
