ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV-/2026/138
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 19:40
ސުންގަޑި: 02 ޖުލައި 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV-/2026/138

 

މުވައްޒަފުން ބޭނުންވެއްޖެ

 

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

 

މަޤާމް:

ކުކް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-          މުވައްޒަފުންގެ ސިއްޚަތާއި ޚިދުމަތުގެ ފެންވަރަށް ސަމާލުވުމާއިއެކު، ކަނޑައެޅިފައިވާ ވަގުތުތަކަށް މުވައްޒަފުންގެ ކެއުންތައް ތައްޔާރުކުރުން.

-          ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެންމެހާ މިންގަނޑުތަކަށް ހިފެހެއްޓުމާއި ބެލެހެއްޓުން.

-          ބަދިގޭގެ އެހެން މުވައްޒަފުންނާއި ގުޅިގެން ކަންކަން ހިންގުމާއި، މަސައްކަތްތައް ކުރިއަށް ގެންދިއުން.

-          މަސައްކަތްކުރާ ތަނާއި، ބަދިގެ ސާފުތާހިރުކަމާއި ބެލެހެއްޓުން.

-          ބޯޓުރާޔޑު މުވައްޒަފުންގެ ކެއުންބުއިމުގެ ހުރިހާކަމެއް އިންތިޒާމުކުރުމާއި  ހަމަޖެއްސުން.

ޝަރުތުތައް:

-          ކައްކާއެއްގެ ގޮތުގައި މަދުވުގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

-          ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަހު މުސާރަ:

11,400ރ އާއި 13,200ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ތިލަފުށި، އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް

 

މަޤާމް:

ބްލާސްޓްމަން

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-          ވެސަލްސް އަދި ޓޭންކްސް ސޭންޑް ބްލާސްޓް ކުރުން.

-          ބްލާސްޓް ބޫތެއް ނުވަތަ އެފަދަ ސާމާނެއް ގާއިމްކޮށް ހިންގުން.

-          ކުލަލުމުގެ މަސައްކަތްތަކާއި، ޓޭންކް ސާފުކުރުމާއި، ގޭސް ފްރީޒްކުރުމާއި، އެހެނިހެން ސާފުކުރުމުގެ މަސައްކަތްތައް ކުރުން.

-          މީގެ އިތުރުންވެސް ބޯޓުޔާރޑްގެ އެހެނިހެން މެއިންޓެނަންސް މަސައްކަތްތަކެއް ކުރުން.

ޝަރުތުތައް:

-          މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 2 އަހަރާއި 5 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

-          ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަހު މުސާރަ:

11,400ރ އާއި 13,200ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ތިލަފުށި، އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް

 

 

 

 

 

 

މަޤާމް:

އިންޖިނިއަރ، ސްލިޕްވޭރ

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-          ބޯޓުޔާޑުގައި އުޅަނދުފަހަރު އެހެލުމާއި ބޭލުމުގެ އެންމެހާ މަސައްކަތްތައް ރާވައި، ހަމަޖައްސައި، ބެލެހެއްޓުމާއި އަދި މި މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.

-          އުޅަނދުފަހަރު މަރާމާތުކުރުމުގެ އެންމެހާ ހަރަކާތްތައް ރާވައި، ހިންގައި، ސުޕަވައިޒްކުރުން.

-          ސޭންޑްބްލާސްޓްކުރުން، ދަވާދުލުން، ޓޭންކު ސާފުކުރުން، ގޭސް-ފްރީކުރުން އަދި ލަކުޑި، އެލުމިނިއަމް، ފައިބަރު އަދި ސިމެންތީގެ މަސައްކަތްތައް ކުރުން.

-          ބޯޓުޔާޑުގެ ސްލިޕްވޭ މެޝިނަރީގެ އާލާތްތަކާއި އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބޭނުންކުރުމާއި، އެ ތަކެތީގެ ސާވިސް އަދި މަރާމާތުގެ ކަންކަން ބެލެހެއްޓުން.

-          މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަނެ، އެކަމާ ގުޅޭ ލަފާ ސެކްޝަންގެ އިސްވެރިޔާއަށް ހުށަހެޅުން.

-          ބޯޓުޔާޑުގެ ހިންގުން ހަލުވިކުރުމަށާއި، ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުން

-          މަސައްކަތްތަކަށް ބޭނުންވާ ތަކެއްޗާއި، ވަސީލަތްތަކާއި، އެހީތެރި ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

-          ބޯޓުޔާޑުގައި އުކާލެވޭ ތަކެއްޗާއި، ތަޣައްޔަރުވެފައިވާ ތެލާއި އަދި ކަނޑައެޅިފައިވާ އެހެނިހެން ތަކެތި ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ނައްތާލުމުގެ މަސައްކަތް ބެލެހެއްޓުން.

ޝަރުތުތައް:

ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ، ނުވަތަ އެއާ އެއްފަދަ ފެންވަރެއްގެ ގާބިލުކަމުގެ ސަނަދެއް  އޮތުން

މަހު މުސާރަ:

24,500ރ އާއި 23,500ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ތިލަފުށި، އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް

 

މަޤާމް:

މެކޭނިކް

ޑިޕާޓްމަންޓް/ސެކްސަން:

އެންޖިނިއަރިންގ ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-          އުޅަނދުގެ އިންޖީނާއި ކާގޯ ޕަމްޕްތައް ރޫޅާލައި އެސެމްބްލްކުރުން

-          އުޅަނދުތަކުގެ ކަރަންޓުން ދިމާވާ މައްސަލަތައް ހައްލުކުރުން

-          މަސައްކަތު ގަޑި ފިޔަވައި އެހެން ގަޑިތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން

-          ދިމާވާ ބްރޭކްޑައުންތަކަށް އަވަހަށް އެޓެންޑް ކުރެވޭނެ ފަރާތެއް ކަމުގައިވުން

ޝަރުތުތައް:

-          މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ އޮޓޯމޮބައިލް އެންޖިން ނުވަތަ ގުޅޭ ދާއިރާއަކުން ސެޓްފިކެޓް 3 ހާސިލް ކޮށްފައިވުން

-          ދުޅަހެއު ސިއްހަތެއްގައި ހުރި ފަރާތެއްކަމުގައިވުން

-          މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަހު މުސާރަ:

14,000ރ އާއި 16,000ރ އާއި ދެމެދު

ޑިޕާޓްމަންޓް:

ތިލަފުށި، އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް

 

 

މަޤާމް:

މެޝިނިސްޓް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-          ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތްވާ  ގޮތަށް ފަރުވާތެރިކަމާއެކު، ލޭތު މެޝިނާއި، މިލިންގ މެޝިނާއި، ޑްރިލް ޕްރެސް އަދި ގްރައިންޑަރު ފަދަ އެކި ބާވަތްތަކުގެ މެޝިން ޓޫލްސްތައް ބޭނުންކޮށްގެން މަސައްކަތްކުރުން.

-          ޝާފްޓް، ފްލޭންޖް، ބުޝިންގ، ޕިން، ކަޕްލިންގ، ހުންގާނު، ބެއަރިންގ ހައުސިންގ އަދި މިނޫންވެސް ހާއްސަ ބައިތައް ތައްޔާރުކުރުމާއި، ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުން.

-          މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މެނުއަލް އަދި ޑިޖިޓަލް މިންއަޅާ އާލާތްތައް ބޭނުންކޮށްގެން ކަނޑައެޅިފައިވާ ވަކި މިންގަނޑުތަކަކަށް ފެތޭގޮތަށް މެޝިނިންގްގެ މަސައްކަތްތައް ފުރިހަމަކުރުން

-          ބޯރިންގ، ތުރެޑިންގ، ކީއިންގ އަދި ސްލީވިންގ ފަދަ މެޝިނިންގ އުކުޅުތައް ބޭނުންކޮށްގެން، އުޅަނދުފަހަރުގެ އިންޖީނާއި، ގިއަރބޮކްސް، ޕަންޕު، ވިންޗު އަދި އެހެނިހެން މެކޭނިކަލް ބައިތައް މަރާމާތުކުރުމާއި ބަދަލުތައް ގެނައުން.

-          ޝާފްޓާއި، ބެއަރިންގ އަދި މެކޭނިކަލް އެސެމްބްލީތަކުގެ އެލައިންމަންޓް ބެލުމާއި، ހަރުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

ޝަރުތުތައް:

ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ މަސައްކަތާއި ގުޅޭދާއިރާ އަކުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

މަހު މުސާރަ:

20,500ރ އާއި 19,500ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ތިލަފުށި، އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

25 ޖޫން  2026

25 ޖޫން 2026