ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އަދި ކުރެހުމާ އެއްގޮތަށް މިރަށުގެ ކޮމިޔުނިޓީޕާކް ހައިދައި ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތާއިގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން 2026 ޖުލައި 08ވާ ބުދަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ ކޮންފަރެންސްހޯލްގައި އޮންނާނެއެވެ. މިސެޝަނަށް ޙާޟިރުނުވާފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެއެވެ.
މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2026 ޖުލައި 14ވާ އަންގާރަ ދުވަހުގެ 11:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2026 ޖުލައި 14ވާ އަންގާރަ ދުވަހުގެ 11:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ.
ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތުގެ ވަނަވަރު އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 666 0900 ނަންބަރާއެވެ.
ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.
25 ޖޫން 2026
