މަސައްކަތް
ނަންބަރު: (IUL)343-/343/2026/36
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 14 ޖޫން 2026 11:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ދޭމަޢުލޫމާތާއި އެއްގޮތަށް ރަށުގެ ކޮމިޔުނިޓީޕާކް ހަދައި ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

މިކައުންސިލުން ދޭ މަޢުލޫމާތާއި އަދި ކުރެހުމާ އެއްގޮތަށް މިރަށުގެ ކޮމިޔުނިޓީޕާކް ހައިދައި ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތާއިގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން 2026 ޖުލައި 08ވާ ބުދަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ ކޮންފަރެންސްހޯލްގައި އޮންނާނެއެވެ. މިސެޝަނަށް ޙާޟިރުނުވާފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެއެވެ.

މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2026 ޖުލައި 14ވާ އަންގާރަ ދުވަހުގެ 11:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2026 ޖުލައި 14ވާ އަންގާރަ ދުވަހުގެ 11:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ.

ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތުގެ ވަނަވަރު އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 666 0900 ނަންބަރާއެވެ.

ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.

25 ޖޫން 2026

25 ޖޫން 2026