ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ހދ. އަތޮޅު މަދަރުސަގެ މަލްޓި-ޕާޕަސް ހޯލުގައި މުށިޖަހައިދޭނެ ފަރާތެއް ހޯދުމާގުޅޭ

 

              ބީލަން ހުށަހެޅުމުގެ ދަޢުވަތު       

 

މިމަދަރުސާގެ މަލްޓި-ޕާޕަސް ހޯލުގައި މުށިޖަހައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މަލްޓި-ޕާޕަސް ހޯލުގައި މުށިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  1. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މި ޕްރޮކިއުމަންޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ޖޫން 25 އިން 2026 ޖޫން 29އަށް ބަންދުނޫން  ކޮންމެ ދުވަހަކު 8:00 އިން 14:00އަށް މިސްކޫލަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  3. މިބީލަމާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިސްކޫލުގައެވެ.
  4. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖުލައި 1 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 ޖުލައި 6 ވާ ހޯމަ ދުވަހުގެ 13:15 ގައި ހދ. އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
  6. މި ބީލަމާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ.
  7. މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ. އަތޮޅު މަދަރުސާ

ހދ. ވައިކަރަދޫ، ދިވެހިރާއްޖެ

ފޯން: 6520056

އީ-މެއިލް: [email protected]

    ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ޖޫން 2026
ހޯދާ