ބީލަން
ނަންބަރު: 928/IUL/2026/11
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 21:03
ސުންގަޑި:
06 ޖުލައި 2026 13:15
ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހދ. އަތޮޅު މަދަރުސަގެ މަލްޓި-ޕާޕަސް ހޯލުގައި މުށިޖަހައިދޭނެ ފަރާތެއް ހޯދުމާގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިމަދަރުސާގެ މަލްޓި-ޕާޕަސް ހޯލުގައި މުށިޖަހައިދޭނެ ފަރާތެއް ހޯދުމާގުޅޭ
މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މަލްޓި-ޕާޕަސް ހޯލުގައި މުށިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ޖޫން 25 އިން 2026 ޖޫން 29އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00އަށް މިސްކޫލަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިބީލަމާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިސްކޫލުގައެވެ.
- މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖުލައި 1 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 ޖުލައި 6 ވާ ހޯމަ ދުވަހުގެ 13:15 ގައި ހދ. އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
- މި ބީލަމާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ.
- މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހދ. އަތޮޅު މަދަރުސާ
ހދ. ވައިކަރަދޫ، ދިވެހިރާއްޖެ
ފޯން: 6520056
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
24 ޖޫން 2026