މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިޔުން

ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 ގައި އޮންނާނެއެވެ.

7 (ހަތެއް) ރުއް (ޒިޔާރަތް މަގުގެ ހުޅަނގު ކޮޅުން ރަށްވެހިގެ ކައިރީގައި ނަގާފައި އޮތް)

1 (އެކެއް) ގަސް މިދިލި ( ކުނީގެ ގޮތުގައި ރުއްގަހުން އުކާލެވޭ ބައިތައް އަޅަމުން ގެންދިޔަ ސަރަހައްދުގައި ހުރި)

1 (އެކެއް)  ގަސް ފުނަ (ބޮޑުތަކުރުފާނު މަގުގެ އުތުރު ހުޅަނގުން ގޯތިދިން ސަރަޙައްދުގެ ވަށާމަގު ކައިރިއަށް ހުރި  )

1 (އެކެއް) އަފި މިދިލި (މުރިނގު ގޭގެ ހުޅަނގުގައި ހުރި މިދިލިގަހުގެ ދަންޑެހެލު ހިނގުމަށް އޮތް އަފި  )

2 ގަސް ކަނދު  ( 68 ނަންބަރު ބްލޮކް ގެ އުތުރަށް އޮތް ބްލޮކްގައިހުރި )

2 ގަސް އުނި   ( 68 ނަންބަރު ބްލޮކް ގެ އުތުރަށް އޮތް ބްލޮކްގައިހުރި )

1 ގަސް މިދިލި  (68 ނަންބަރު ބްލޮކް ގެ އުތުރަށް އޮތް ބްލޮކްގައިހުރި )

10 ރުއް      (68 ނަންބަރު ބްލޮކް ގެ އުތުރަށް އޮތް ބްލޮކްގައިހުރި )

4 ރުއް       (69 ނަންބަރު ބްލޮކް ގައިހުރި )

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތް ތަކުން އެދުވަހުގެ އެގަޑިއަށް ކައުންސިލް އިދާރާ ގޯތިތެރެއަށް ޙާޟިރުވުމަށް ދަންނަވަމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 3 ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދުނޫން) ކައުންސިލް އިދާރާއަށް ފައިސާ ދައްކާ ނިންމަން ވާނެއެވެ. އަދި 7 ދުވަހުގެ ތެރޭގައި ތަކެތި އެސަރަޙައްދުންނަގާ ތަން ސާފުކޮށް ނިންމަން ވާނެއެވެ.

24 ޖޫން 2026
ހޯދާ