ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 ގައި އޮންނާނެއެވެ.
7 (ހަތެއް) ރުއް (ޒިޔާރަތް މަގުގެ ހުޅަނގު ކޮޅުން ރަށްވެހިގެ ކައިރީގައި ނަގާފައި އޮތް)
1 (އެކެއް) ގަސް މިދިލި ( ކުނީގެ ގޮތުގައި ރުއްގަހުން އުކާލެވޭ ބައިތައް އަޅަމުން ގެންދިޔަ ސަރަހައްދުގައި ހުރި)
1 (އެކެއް) ގަސް ފުނަ (ބޮޑުތަކުރުފާނު މަގުގެ އުތުރު ހުޅަނގުން ގޯތިދިން ސަރަޙައްދުގެ ވަށާމަގު ކައިރިއަށް ހުރި )
1 (އެކެއް) އަފި މިދިލި (މުރިނގު ގޭގެ ހުޅަނގުގައި ހުރި މިދިލިގަހުގެ ދަންޑެހެލު ހިނގުމަށް އޮތް އަފި )
2 ގަސް ކަނދު ( 68 ނަންބަރު ބްލޮކް ގެ އުތުރަށް އޮތް ބްލޮކްގައިހުރި )
2 ގަސް އުނި ( 68 ނަންބަރު ބްލޮކް ގެ އުތުރަށް އޮތް ބްލޮކްގައިހުރި )
1 ގަސް މިދިލި (68 ނަންބަރު ބްލޮކް ގެ އުތުރަށް އޮތް ބްލޮކްގައިހުރި )
10 ރުއް (68 ނަންބަރު ބްލޮކް ގެ އުތުރަށް އޮތް ބްލޮކްގައިހުރި )
4 ރުއް (69 ނަންބަރު ބްލޮކް ގައިހުރި )
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތް ތަކުން އެދުވަހުގެ އެގަޑިއަށް ކައުންސިލް އިދާރާ ގޯތިތެރެއަށް ޙާޟިރުވުމަށް ދަންނަވަމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 3 ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދުނޫން) ކައުންސިލް އިދާރާއަށް ފައިސާ ދައްކާ ނިންމަން ވާނެއެވެ. އަދި 7 ދުވަހުގެ ތެރޭގައި ތަކެތި އެސަރަޙައްދުންނަގާ ތަން ސާފުކޮށް ނިންމަން ވާނެއެވެ.