ދިވެހިރާއްޖެ
1- މަސްޖިދު މޫސާ ޢަލީގައި ހަރުކޮށްފައިވާ 10 އެއާރކޯން ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
2- މިމަސައްކަތުގެ ދަށުން 10 އެއާރކޯން އެތެރެ ޔުނިޓާއި ބޭރު ޔުނިޓު ނައްޓައި ރަގަޅަށް ދޮވެ ސާފުކޮށް ފުލް ސާރވިސް ކުރަންވާނެއެވެ. އަދި ގޭސް މަދުނަމަ ގޭސްއަޅައި ހަމަ ކޮށްދޭންވާނެއެވެ.
3- މިމަސައްކަތް ކުރުމުގެ ސަބަބުން އެޅޭ އެންމެހާ ކުނިބުނިތައް ނަގައި އެތަންތަން ރަގަޅަށް ސާފު ކުރަންވާނެއެވެ.
4- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
5- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.
6- ކޯޓޭޝަން ހުށަހަޅާނީ 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ 10:30 އާ 13:00 އާދެމެދު މިއިދާރާއަށެވެ.
