މަސައްކަތް
ނަންބަރު: (IUL)322/322/2026/56
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 29 ޖޫން 2026 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ

1-    މަސްޖިދު މޫސާ ޢަލީގައި ހަރުކޮށްފައިވާ 10 އެއާރކޯން ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

2-    މިމަސައްކަތުގެ ދަށުން 10 އެއާރކޯން އެތެރެ ޔުނިޓާއި ބޭރު ޔުނިޓު ނައްޓައި ރަގަޅަށް ދޮވެ ސާފުކޮށް ފުލް ސާރވިސް ކުރަންވާނެއެވެ. އަދި ގޭސް މަދުނަމަ ގޭސްއަޅައި ހަމަ ކޮށްދޭންވާނެއެވެ.

3-        މިމަސައްކަތް ކުރުމުގެ ސަބަބުން އެޅޭ އެންމެހާ ކުނިބުނިތައް ނަގައި އެތަންތަން ރަގަޅަށް ސާފު ކުރަންވާނެއެވެ.

4-        ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

5-        ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.

6-        ކޯޓޭޝަން ހުށަހަޅާނީ 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ 10:30 އާ 13:00 އާދެމެދު މިއިދާރާއަށެވެ.

21 ޖޫން 2026