މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމާއި ގުޅޭގޮތުން މިނިސްޓްރީއޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ބާއްވާ މަސްރޭހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލުން:
2006ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން، މުޅިރާއްޖެއަށް ހުޅުވާލެވިގެން 19 ޖޫން 2026ވާ ހުކުރުދުވަހު މެންދުރުފަހު " މަސް ރޭސް" އެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ މި މަސްރޭހުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަތައް ތިރީގައިވާ ލިންކު މެދުވެރިންކޮށް 17 ޖޫން 2026 ވާ ބުދަދުވަހުގެ 12:00ގެ ކުރިން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި އިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު ހިއްސާކުރެވިފައި ވާނެއެވެ. މިމުބާރާތުގައި ވަނަ ދިނުމަށް ހަމަޖެހިފައިވަނީ މުޅި މުބާރާތުގެ1 ވަނަ، 2 ވަނަ، އަދި 3 ވަނަ އަށެވެ. އަދި މުޅި މުބާރާތުގައި އެންމެ ބަރުމަސް ބާނާ ފާރަތެކެވެ.
- މުޅި މުބާރާތުގެ 1 ވަނަ: -/30,000
- މުޅި މުބާރާތުގެ 2 ވަނަ: -/25,000
- މުޅި މުބާރާތުގެ 3 ވަނަ: -/20,000
- އެއްމެ ބަރުމަސް ބޭނި ފަރާތް:-/5,000
ފޯމް ލިންކު: https://forms.office.com/r/ziBLWigBNy
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ޖޫން 2026
ހޯދާ
