ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESD/365/2026/37
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 17 ޖޫން 2026 12:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމާއި ގުޅޭގޮތުން މިނިސްޓްރީއޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ބާއްވާ މަސްރޭހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލުން:

2006ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން، މުޅިރާއްޖެއަށް ހުޅުވާލެވިގެން 19 ޖޫން 2026ވާ ހުކުރުދުވަހު މެންދުރުފަހު " މަސް ރޭސް" އެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ މި މަސްރޭހުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަތައް ތިރީގައިވާ ލިންކު މެދުވެރިންކޮށް 17 ޖޫން 2026 ވާ ބުދަދުވަހުގެ 12:00ގެ ކުރިން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި އިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު ހިއްސާކުރެވިފައި ވާނެއެވެ. މިމުބާރާތުގައި ވަނަ ދިނުމަށް ހަމަޖެހިފައިވަނީ މުޅި މުބާރާތުގެ1 ވަނަ، 2 ވަނަ، އަދި 3 ވަނަ އަށެވެ. އަދި މުޅި މުބާރާތުގައި އެންމެ ބަރުމަސް ބާނާ ފާރަތެކެވެ.

  1. މުޅި މުބާރާތުގެ 1 ވަނަ: -/30,000
  2. މުޅި މުބާރާތުގެ 2 ވަނަ: -/25,000
  3. މުޅި މުބާރާތުގެ 3 ވަނަ: -/20,000
  4. އެއްމެ ބަރުމަސް ބޭނި ފަރާތް:-/5,000

ފޯމް ލިންކު:  https://forms.office.com/r/ziBLWigBNy       

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                 

              

15 ޖޫން 2026