ދިވެހިރާއްޖެ
އެމްޕީއެލް މާލެ ނޯތު ހާބަރުގައި އިމާރާތް ކޮށްފައިވާ ލޮޓު ނަންބަރު 16,15,14,13,12 އަދި 17 ގުދަންކުރުމުގެ ބޭނުމަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ޢިއުލާނާއި ގުޅިގެން ބިޑަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ ޢިއުލާން ނަމްބަރ (IUL)113-PD/1/2026/41 ބާތިލުކޮށް އަލުން ޢިއުލާނު ކުރީމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބޭނުންވާ ވަކި ލޮޓަކަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
1. |
ރެޖިސްޓްރޭޝަން |
21 ޖޫން 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފުރިހަމަ ކުރަންވާނެއެވެ. (ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.) |
|
2. |
މަޢުލޫމާތު ސާފުކުރުން
|
ބިޑާއި ގުޅޭ ޕްރީ- ބިޑް ސެޝަން 21 ޖޫން 2026 ވަނަ ދުވަހުގެ 11:00 ގައި އެމް.ޕީ.އެލް ހެޑް އޮފީހުގައި އޮންނާނެއެވެ. ބިޑަށް ރެޖިސްޓަރވާ ފަރާތްތަކުން ޕްރީ-ބިޑް ސެޝަންގައި ބައިވެރިވުމަށް އެދެމެވެ. މި އިޢުލާނާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 21 ޖޫން 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުއްވައި ދެއްވުން އެދެމެވެ. (ބިޑުގައި ރަޖިސްޓަރވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ.) |
|
3. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
23 ޖޫން 2026 ވަނަ ދުވަހުގެ 11:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.) |
|
4. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް. |
