ކުއްޔަށް ދިނުން
ނަންބަރު: (IUL)113-PD/1/2026/48
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 21 ޖޫން 2026 11:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޕީ.އެލް މާލެ ނޯތު ހާބަރުގެ ލޮޓުތައް ކުއްޔަށް ދޫކުރުމާއި ގުޅޭ

އެމްޕީއެލް މާލެ ނޯތު ހާބަރުގައި އިމާރާތް ކޮށްފައިވާ ލޮޓު ނަންބަރު 16,15,14,13,12 އަދި 17 ގުދަންކުރުމުގެ ބޭނުމަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ޢިއުލާނާއި ގުޅިގެން ބިޑަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ ޢިއުލާން ނަމްބަރ (IUL)113-PD/1/2026/41 ބާތިލުކޮށް އަލުން ޢިއުލާނު ކުރީމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބޭނުންވާ ވަކި ލޮޓަކަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ރެޖިސްޓްރޭޝަން

21 ޖޫން 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފުރިހަމަ ކުރަންވާނެއެވެ.

(ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

2.

މަޢުލޫމާތު ސާފުކުރުން

 

ބިޑާއި ގުޅޭ ޕްރީ- ބިޑް ސެޝަން 21 ޖޫން 2026 ވަނަ ދުވަހުގެ 11:00 ގައި އެމް.ޕީ.އެލް ހެޑް އޮފީހުގައި އޮންނާނެއެވެ. ބިޑަށް ރެޖިސްޓަރވާ ފަރާތްތަކުން ޕްރީ-ބިޑް ސެޝަންގައި ބައިވެރިވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 21 ޖޫން 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުއްވައި ދެއްވުން އެދެމެވެ.

(ބިޑުގައި ރަޖިސްޓަރވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ.)

3.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

23 ޖޫން 2026 ވަނަ ދުވަހުގެ 11:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

(ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

4.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 
އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3039256 އަށެވެ.
15 ޖޫން 2026