މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - މިފްކޯ ހެޑް އޮފީސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތައަށް މީހުން ހޯދަން އިއުލާން ކުރަމެވެ

  މަޤާމް

ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 01 

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން) 

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް / މިފްކޯ ހެޑް އޮފީސް 

މުސާރަ

 4,500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް:2,700.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް:2,610.00ރުފިޔާ

ފުޑް އެލަވަންސް :1800.00 ރުފިޔާ

ސެޓްފިކެޓް ލެވަލް 7 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %40

ސެޓްފިކެޓް ލެވަލް 5 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %20

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އޭ ލެވެލް / ޑިޕްލޮމާ ހާސިލްކޮށްފައިވުން.

މަގާމާގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

-  ފައިލްކުރުމާއި، ލިޔެކިޔުންތައް ބެލެހެއްޓުމާއި، އަދި ޑޭޓާ އެންޓްރީ ކުރުން ފަދަ އޮފީހުގެ އާންމު އިދާރީ މަސައްކަތްތައް ކުރުން.

-  ބައްދަލުވުންތަކަށް ބޭނުންވާ އެޖެންޑާ އެކުލަވައިލުމާއި، ބައްދަލުވުމުގައި ދެކެވޭ ވާހަކަތަކުގެ ރެކޯޑު ނުވަތަ މިނިޓްސް ލިޔެ ބެލެހެއްޓުން.

- ރަސްމީ ސިޓީތަކާއި ލިޔެކިޔުންތައް ޑްރާފްޓްކުރުމާއި، އެ ތަކެތި ހުންނަންޖެހޭ ރަސްމީ ފޯމެޓަށް ތައްޔާރުކުރުން.

-  ދަތުރުފަތުރާ ގުޅޭގޮތުން ހުށަހަޅާ އެދުންތައް ބަލައި، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ހުރިތޯ ކަށަވަރުކުރުން

- ފްލައިޓް ބުކްކުރުމާއި، ހުންނާނެ ތަނާއި، އަދި އެއްގަމު ދަތުރުފަތުރުގެ އިންތިޒާމުތައް ހިމެނޭހެން ދަތުރުގެ ހުރިހާ ކަމެއް ވިލަރެސްކުރުން.

ޓިކެޓް ބުކްކުރުމާއި، ޕަރޗޭސް އޯޑަރު ތައްޔާރުކުރުމުގެ އިތުރުން، ދަތުރުގެ ޚަރަދުތަކަށް ބޭނުންވާ ރަސްމީ ހުއްދަތައް ހޯދުން.

-  ދަތުރުގެ ތަފްސީލީ ތާވަލު ތައްޔާރުކުރުމާއި، ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން ކަށަވަރުކޮށް، ދަތުރުވެރިންނަށް ބޭނުންވާ މައުލޫމާތު އަދާހަމަކުރުން.

-  ދަތުރުފަތުރާ ގުޅިގެން ލިބޭ އިންވޮއިސްތައް، ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެކައުންޓްސް އެންޑް ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުން

-  ދަތުރުފަތުރާ ގުޅޭ ޚަރަދުތައް ރެކޯޑުކޮށް، އެ ޚަރަދުތައް ހުންނަނީ ކަނޑައެޅިފައިވާ ބަޖެޓުގެ މިންގަނޑުތަކުގެ ތެރޭގައިކަން ކަށަވަރުކުރުން.

-  ބައްދަލުވުންތަކާއި، ކޮންފަރެންސްތަކާއި، އަދި އެހެނިހެން ހަރަކާތްތައް އިންތިޒާމުކުރުމުގައި އެހީތެރިވުން. މީގެ ތެރޭގައި ލޮޖިސްޓިކްސްގެ ކަންކަމާއި ހަރަކާތް ބާއްވާނެ ތަންތަން ހަމަޖެއްސުން ހިމެނެއެވެ.

-  ދަތުރުފަތުރާ ގުޅޭ ސުވާލުތަކާއި އިދާރީ އެކި ބޭނުންތަކުގައި މައުލޫމާތު ފޯރުކޮށްދޭ މައިގަނޑު ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުން.

-  ދަތުރުފަތުރާ ގުޅޭ ލިޔެކިޔުންތައް ކަމަށްވާ ވިސާ، ދަތުރުގެ ތާވަލު، އަދި ޓްރެވަލް އިންޝުއަރެންސް ފަދަ ތަކެތި ތައްޔާރުކުރުން.

-  ޚަރަދު އަނބުރާ ހޯދުމަށް ހުށަހަޅާ މެމޯތަކާއި، ރާއްޖެތެރޭގެ ދަތުރުގެ އެލަވަންސް އަދި ރާއްޖެއިން ބޭރުގެ ދަތުރުގެ އެލަވަންސްތަކާ ގުޅޭ މެމޯތައް ތައްޔާރުކުރުން.

- ހެޑް އޮފީހުގެ އެކޮމޮޑޭޝަންގައި ތިބޭ މުވައްޒަފުންގެ ކާބޯތަކެއްޗާ ގުޅޭ މެމޯތައް ތައްޔާރުކޮށް ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

 މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

 ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

 ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

 ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ ނުވަތަ  އީމެއިލް ކުރައްވާނީ  [email protected]  އަށެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 17 ޖޫން 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

10 ޖޫން 2026
ހޯދާ