ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތައަށް މީހުން ހޯދަން އިއުލާން ކުރަމެވެ
|
މަޤާމް |
ސީނިއަރ އޮފިސަރ |
|
ބޭނުންވާ ޢަދަދު |
01 |
|
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން) |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް / މިފްކޯ ހެޑް އޮފީސް |
|
މުސާރަ |
4,500.00 ރުފިޔާ |
|
އިތުރު ޢިނާޔަތްތައް: |
ސަރވިސް އެލަވަންސް:2,700.00 ރުފިޔާ މިނިމަމް ވޭޖް އެލަވަންސް:2,610.00ރުފިޔާ ފުޑް އެލަވަންސް :1800.00 ރުފިޔާ ސެޓްފިކެޓް ލެވަލް 7 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %40 ސެޓްފިކެޓް ލެވަލް 5 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %20 އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
|
ޝަރުޠު: |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އޭ ލެވެލް / ޑިޕްލޮމާ ހާސިލްކޮށްފައިވުން. މަގާމާގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން |
|
މަޤާމުގެ މަސްޢޫލިއްޔަތު: |
- ފައިލްކުރުމާއި، ލިޔެކިޔުންތައް ބެލެހެއްޓުމާއި، އަދި ޑޭޓާ އެންޓްރީ ކުރުން ފަދަ އޮފީހުގެ އާންމު އިދާރީ މަސައްކަތްތައް ކުރުން. - ބައްދަލުވުންތަކަށް ބޭނުންވާ އެޖެންޑާ އެކުލަވައިލުމާއި، ބައްދަލުވުމުގައި ދެކެވޭ ވާހަކަތަކުގެ ރެކޯޑު ނުވަތަ މިނިޓްސް ލިޔެ ބެލެހެއްޓުން. - ރަސްމީ ސިޓީތަކާއި ލިޔެކިޔުންތައް ޑްރާފްޓްކުރުމާއި، އެ ތަކެތި ހުންނަންޖެހޭ ރަސްމީ ފޯމެޓަށް ތައްޔާރުކުރުން. - ދަތުރުފަތުރާ ގުޅޭގޮތުން ހުށަހަޅާ އެދުންތައް ބަލައި، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ހުރިތޯ ކަށަވަރުކުރުން - ފްލައިޓް ބުކްކުރުމާއި، ހުންނާނެ ތަނާއި، އަދި އެއްގަމު ދަތުރުފަތުރުގެ އިންތިޒާމުތައް ހިމެނޭހެން ދަތުރުގެ ހުރިހާ ކަމެއް ވިލަރެސްކުރުން. ޓިކެޓް ބުކްކުރުމާއި، ޕަރޗޭސް އޯޑަރު ތައްޔާރުކުރުމުގެ އިތުރުން، ދަތުރުގެ ޚަރަދުތަކަށް ބޭނުންވާ ރަސްމީ ހުއްދަތައް ހޯދުން. - ދަތުރުގެ ތަފްސީލީ ތާވަލު ތައްޔާރުކުރުމާއި، ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން ކަށަވަރުކޮށް، ދަތުރުވެރިންނަށް ބޭނުންވާ މައުލޫމާތު އަދާހަމަކުރުން. - ދަތުރުފަތުރާ ގުޅިގެން ލިބޭ އިންވޮއިސްތައް، ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެކައުންޓްސް އެންޑް ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުން - ދަތުރުފަތުރާ ގުޅޭ ޚަރަދުތައް ރެކޯޑުކޮށް، އެ ޚަރަދުތައް ހުންނަނީ ކަނޑައެޅިފައިވާ ބަޖެޓުގެ މިންގަނޑުތަކުގެ ތެރޭގައިކަން ކަށަވަރުކުރުން. - ބައްދަލުވުންތަކާއި، ކޮންފަރެންސްތަކާއި، އަދި އެހެނިހެން ހަރަކާތްތައް އިންތިޒާމުކުރުމުގައި އެހީތެރިވުން. މީގެ ތެރޭގައި ލޮޖިސްޓިކްސްގެ ކަންކަމާއި ހަރަކާތް ބާއްވާނެ ތަންތަން ހަމަޖެއްސުން ހިމެނެއެވެ. - ދަތުރުފަތުރާ ގުޅޭ ސުވާލުތަކާއި އިދާރީ އެކި ބޭނުންތަކުގައި މައުލޫމާތު ފޯރުކޮށްދޭ މައިގަނޑު ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުން. - ދަތުރުފަތުރާ ގުޅޭ ލިޔެކިޔުންތައް ކަމަށްވާ ވިސާ، ދަތުރުގެ ތާވަލު، އަދި ޓްރެވަލް އިންޝުއަރެންސް ފަދަ ތަކެތި ތައްޔާރުކުރުން. - ޚަރަދު އަނބުރާ ހޯދުމަށް ހުށަހަޅާ މެމޯތަކާއި، ރާއްޖެތެރޭގެ ދަތުރުގެ އެލަވަންސް އަދި ރާއްޖެއިން ބޭރުގެ ދަތުރުގެ އެލަވަންސްތަކާ ގުޅޭ މެމޯތައް ތައްޔާރުކުރުން. - ހެޑް އޮފީހުގެ އެކޮމޮޑޭޝަންގައި ތިބޭ މުވައްޒަފުންގެ ކާބޯތަކެއްޗާ ގުޅޭ މެމޯތައް ތައްޔާރުކޮށް ފޮނުވުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: |
މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން. |
|
އިންޓަރވިއުކުރުން: |
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން). ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. ޕޮލިސްރިޕޯޓް. |
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 17 ޖޫން 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ. މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ. |