ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މި ކޯޓުގެ ކައިވެނި ކޮށްދޭ މަޢުޛޫނުންގެ ދަފްތަރު އަޕްޑޭޓް ކުރަން ބޭނުންވާތީ ކޮންޓްރެކްޓް އުޞޫލުން ޝަރުޢީ މަޢުޒޫންކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

`

 

 

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓް

  ގދ.ތިނަދޫ ، ދިވެހިރާއްޖެ    

                                                                 ނަންބަރު:674-A/2026/32

އިޢުލާނު

 

މި ކޯޓުގެ ކައިވެނި ކޮށްދޭ މަޢުޛޫނުންގެ ދަފްތަރު އަޕްޑޭޓް ކުރަން ބޭނުންވާތީ ކޮންޓްރެކްޓް އުޞޫލުން ޝަރުޢީ މަޢުޒޫންކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

ކޯޓު/އިދާރާ:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

-/250 ރުފިޔާ (ޢަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް)

މަޤާމުގެ ޝަރުތު:

ޝަރުޢީ މަޛޫންކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.  

ހުށަހަޅާންޖެހޭ ތަކެތި:

-          ޝަރުޢީ މަޢުޛޫންނުކަމަށްއެދި ހުށަހަޅާ ފޯމު

-          ވަނަވަރު

-          އައިޑީކާޑުގެ ކޮޕީ

-          ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

 

ކައިވެނި ކޮށްދޭންޖެހޭ ގަޑި:

ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ.

ސުންގަޑި:

21 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން.

 

 

 

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށް އެދެ ފޯމު މި ކޯޓުގެ ވެބްސައިޓް https://gdh-thinadhoo.courts.gov.mv އިން ޑައުންލޯޑް ކުރެވޭނެ.
  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާންގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މަޤާމަށް އެދި ފޯމު ހުށަހަޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ރިސެޕްޝަނަށެވެ. ނުވަތަ އީމެއިލް ޒަރިއާއިން ފޯމު ހުށަހަޅުވާނަމަ، މިކޯޓުގެ ރަސްމީ އީމެއިލް [email protected] އަށެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841603 އަށެވެ.

 

ނޯޓް: މިހާރު މިކޯޓުގެ ޝަރުޢީ މަޢުޛޫނުންގެ ގޮތުގައި ތިބި ފަރާތްތަކުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

24 ޛުލްޙިއްޖާ 1447

 10  ޖޫން  2026

 

 

 

                                                           ހުސައިން ޝިޔާމް

                                                             ޗީފް އެޑްމިނިސްޓްރޭޓަރ

 

 

 

 

 

 

 

 

 

10 ޖޫން 2026
ހޯދާ