ދިވެހިރާއްޖެ
`
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓް
ގދ.ތިނަދޫ ، ދިވެހިރާއްޖެ
ނަންބަރު:674-A/2026/32
އިޢުލާނު
މި ކޯޓުގެ ކައިވެނި ކޮށްދޭ މަޢުޛޫނުންގެ ދަފްތަރު އަޕްޑޭޓް ކުރަން ބޭނުންވާތީ ކޮންޓްރެކްޓް އުޞޫލުން ޝަރުޢީ މަޢުޒޫންކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
|
ކޯޓު/އިދާރާ: |
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓް |
|
އެލަވަންސް: |
-/250 ރުފިޔާ (ޢަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް) |
|
މަޤާމުގެ ޝަރުތު: |
ޝަރުޢީ މަޛޫންކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން. |
|
ހުށަހަޅާންޖެހޭ ތަކެތި: |
- ޝަރުޢީ މަޢުޛޫންނުކަމަށްއެދި ހުށަހަޅާ ފޯމު - ވަނަވަރު - އައިޑީކާޑުގެ ކޮޕީ - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ
|
|
ކައިވެނި ކޮށްދޭންޖެހޭ ގަޑި: |
ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ. |
|
ސުންގަޑި: |
21 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން. |
|
އިތުރު މަޢުލޫމާތު: |
|
ނޯޓް: މިހާރު މިކޯޓުގެ ޝަރުޢީ މަޢުޛޫނުންގެ ގޮތުގައި ތިބި ފަރާތްތަކުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.
24 ޛުލްޙިއްޖާ 1447
10 ޖޫން 2026
ހުސައިން ޝިޔާމް
ޗީފް އެޑްމިނިސްޓްރޭޓަރ