ދިވެހިރާއްޖެ
ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީވެރިވެ އުސޫލުން ނިންމާ ނިންމުންތަކެއް ކަމުގައި ވެގެން ދިއުމަށް ލާމަރުކަޒީ ޤާނޫނުން (ޤާނޫން ނަންބަރު 7/2010) ލާޒިމް ކުރެއެވެ. އެހެންކަމުން ވޭމަންޑޫ ކައުންސިލަށް އިންތިޚާބު ކުރެވުނު 5 ވަނަ ދައުރުގެ ކައުންސިލަށް ލަފާދޭނެ ކޮމެޓީއެއް އެކުލަވާލުމަށް ނިންމާފައިވާތީ، ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ތިރީގައި މި ދަންނަވާ ދާއިރާތަކުން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.
ބޭނުންވާ ދާއިރާތައް:
- ޞިއްޙީ
- ތަޢުލީމީ
- ދަނޑުވެރިކަން
- މަސްވެރިކަން
- ފަތުރުވެރިކަން
- ވިޔަފާރި
- ޚާއްޞައެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ އެފަދަ ފަރާތެއް ތަމްސީލުކޮށްދޭނެ ފަރާތެއް
- ޢުމުރުން 65 އަހަރުންމަތީ ފަރާތެއް
- ޒުވާނުންގެ ތެރެއިން
- އަންހެން ކަނބަލެއް
ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން ވަނަވަރު (ސީ.ވީ) އެނގޭ ލިޔުމަކާއިއެކު ކުރިމަތިލާ ދާއިރާ އެނގޭނޭގޮތަށް 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއިން މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
