ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/31
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 22 ޖޫން 2026 13:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ވަނަދައުރުގެ ކައުންސިލަށް ލަފާދޭ ކޮމިޓީ އެކުލަވާލުން

         ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީވެރިވެ އުސޫލުން ނިންމާ ނިންމުންތަކެއް ކަމުގައި ވެގެން ދިއުމަށް ލާމަރުކަޒީ ޤާނޫނުން (ޤާނޫން ނަންބަރު 7/2010) ލާޒިމް ކުރެއެވެ. އެހެންކަމުން ވޭމަންޑޫ ކައުންސިލަށް އިންތިޚާބު ކުރެވުނު 5 ވަނަ ދައުރުގެ ކައުންސިލަށް ލަފާދޭނެ ކޮމެޓީއެއް އެކުލަވާލުމަށް ނިންމާފައިވާތީ، ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ތިރީގައި މި ދަންނަވާ ދާއިރާތަކުން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

 ބޭނުންވާ ދާއިރާތައް:

  • ޞިއްޙީ
  • ތަޢުލީމީ
  • ދަނޑުވެރިކަން
  • މަސްވެރިކަން
  • ފަތުރުވެރިކަން
  • ވިޔަފާރި
  • ޚާއްޞައެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ އެފަދަ ފަރާތެއް ތަމްސީލުކޮށްދޭނެ ފަރާތެއް
  • ޢުމުރުން 65 އަހަރުންމަތީ ފަރާތެއް
  • ޒުވާނުންގެ ތެރެއިން
  • އަންހެން ކަނބަލެއް

         ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން ވަނަވަރު (ސީ.ވީ) އެނގޭ ލިޔުމަކާއިއެކު ކުރިމަތިލާ ދާއިރާ އެނގޭނޭގޮތަށް 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއިން މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ.

          މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖޫން 2026