ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިތަރި މަދަޙަ މުބާރާތް – 1447 ދަންފަޅި އިޢުލާން ކުރުން

މަޑަވެލި ކައުންސިލާއި މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ 'އަލިތަރި މުބާރާތް – 1447' 11 ޖޫން 2026 ގައި މަޑަވެލި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ހޯލުގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތިރީގައި މިވަނީ މި މުބާރާތުގައި ދަރިވަރުން މަދަހަ ހުށަހަޅަން ހަމަޖެހިފައިވާ ދަންފަޅި ތަކުގެ މަޢުލޫމާތެވެ.

ދަންފަޅި/ސެޝަން

ތާރީޚް

ގަޑި

މަދަހަ ހުށަހަޅާ ކެޓަގަރީ

1

11 ޖޫން 2026

ހަވީރު 16:00

ކީސްޓޭޖް 3 އަދި 4 – (ގްރޭޑް 7، 8، 9 އަދި 10)

ސްކޫލު ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިން (1 މާރޗް 2026 އަށް)

18 އަހަރުން މަތީގެ އުމުރުފުރާ (1 މާރިޗް 2026 އަށް 18 އަހަރު ފުރިފައިވާ)

2

12 ޖޫން 2026

ހެނދުނު 8:45

ފައުންޑޭޝަން ސްޓޭޖް

ކީސްޓޭޖް 1 (ގްރޭޑް 1، 2، 3)

3

12 ޖޫން 2026

މެންދުރުފަހު 14:00

ކީސްޓޭޖް 2 (ގްރޭޑް 4، 5، 6)

4

12 ޖޫން 2026

ހަވީރު 16:00

ގުރޫޕް މަދަހަ ހުށަހެޅުން

ނޯޓް: ' އަލިތަރި މަދަޙަ މުބާރާތް –1447' ނިންމުމުގެ ރަސްމިއްޔާތު  13 ޖޫން 2026 ވާ ހޮނިހިރުދުވަހުގެ ހަވީރު 16:00 ގައި މަޑަވެލި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

 މިއިޢުލާނާއި އެކު ދަންފަޅި ތަކުގައި މަދަހަ ހުށަހަޅާ ދަރިވަރުންގެ ލިސްޓް ދަންފަޅި އެގޭގޮތަށް އާންމު ކުރެވިފައިވާނެއެވެ. ދަރިވަރެއްގެ މަޢުލޫމާތުގެ ކުށެއްވާނަމަ އެކަން މިއިދާރާގެ ހޮޓްލައިން ނަންބަރ 9356677 އަށް 10 ޖޫން 2026 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން މެސެޖްކުރެއްވުން އެދެމެވެ. ކޮންމެ ބައިވެރިޔަކުވެސް މަދަހަ ހުށަހަޅަން ޖެހޭނީ ލިސްޓުގައި ނަން އޮންނަ ތަރުތީބުންނެވެ. ތަރުތީބު ނަންބަރު ޖެހޭ އިރު ހޯލުގައި ހުންނަންވާނެއެވެ. ބައިވެރިއެއްގެ ނަން 3 ފަހަރު ގޮވުމުން، ހުށަހެޅުމަށް ހާޟިރު ނުވެއްޖެނަމަ، އެބައިވެރިއަކަށް މަދަހަ ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.          

08 ޖޫން 2026
ހޯދާ