ދިވެހިރާއްޖެ
މަޑަވެލި ކައުންސިލާއި މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ 'އަލިތަރި މުބާރާތް – 1447' 11 ޖޫން 2026 ގައި މަޑަވެލި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ހޯލުގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތިރީގައި މިވަނީ މި މުބާރާތުގައި ދަރިވަރުން މަދަހަ ހުށަހަޅަން ހަމަޖެހިފައިވާ ދަންފަޅި ތަކުގެ މަޢުލޫމާތެވެ.
|
ދަންފަޅި/ސެޝަން |
ތާރީޚް |
ގަޑި |
މަދަހަ ހުށަހަޅާ ކެޓަގަރީ |
|
1 |
11 ޖޫން 2026 |
ހަވީރު 16:00 |
ކީސްޓޭޖް 3 އަދި 4 – (ގްރޭޑް 7، 8، 9 އަދި 10) |
|
ސްކޫލު ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިން (1 މާރޗް 2026 އަށް) |
|||
|
18 އަހަރުން މަތީގެ އުމުރުފުރާ (1 މާރިޗް 2026 އަށް 18 އަހަރު ފުރިފައިވާ) |
|||
|
2 |
12 ޖޫން 2026 |
ހެނދުނު 8:45 |
ފައުންޑޭޝަން ސްޓޭޖް |
|
ކީސްޓޭޖް 1 (ގްރޭޑް 1، 2، 3) |
|||
|
3 |
12 ޖޫން 2026 |
މެންދުރުފަހު 14:00 |
ކީސްޓޭޖް 2 (ގްރޭޑް 4، 5، 6) |
|
4 |
12 ޖޫން 2026 |
ހަވީރު 16:00 |
ގުރޫޕް މަދަހަ ހުށަހެޅުން |
|
ނޯޓް: ' އަލިތަރި މަދަޙަ މުބާރާތް –1447' ނިންމުމުގެ ރަސްމިއްޔާތު 13 ޖޫން 2026 ވާ ހޮނިހިރުދުވަހުގެ ހަވީރު 16:00 ގައި މަޑަވެލި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. |
|||
މިއިޢުލާނާއި އެކު ދަންފަޅި ތަކުގައި މަދަހަ ހުށަހަޅާ ދަރިވަރުންގެ ލިސްޓް ދަންފަޅި އެގޭގޮތަށް އާންމު ކުރެވިފައިވާނެއެވެ. ދަރިވަރެއްގެ މަޢުލޫމާތުގެ ކުށެއްވާނަމަ އެކަން މިއިދާރާގެ ހޮޓްލައިން ނަންބަރ 9356677 އަށް 10 ޖޫން 2026 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން މެސެޖްކުރެއްވުން އެދެމެވެ. ކޮންމެ ބައިވެރިޔަކުވެސް މަދަހަ ހުށަހަޅަން ޖެހޭނީ ލިސްޓުގައި ނަން އޮންނަ ތަރުތީބުންނެވެ. ތަރުތީބު ނަންބަރު ޖެހޭ އިރު ހޯލުގައި ހުންނަންވާނެއެވެ. ބައިވެރިއެއްގެ ނަން 3 ފަހަރު ގޮވުމުން، ހުށަހެޅުމަށް ހާޟިރު ނުވެއްޖެނަމަ، އެބައިވެރިއަކަށް މަދަހަ ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.