ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިއަޅާ ސަރަހައްދު ކަނޑައެޅުން

      ވޭމަންޑޫ ކުނީގެ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކައި ކުނިއަޅާ ސަރަހައްދުތަކަށް ބައެއް ބަދަލުތައް ގެނައުމަށްވަނީ ނިންމާފައި ކަމުގައި ދެންނެވީމެވެ. މިގޮތުން ކުނިއަޅަންވީ ސަރަހައްދާއި އެސަރަހައްދަށް އަޅަންވީ ކުނީގެ ބާވަތްތައް  ތިރީގައި އެވަނީއެވެ.

 

#

ކުނީގެ ބާވަތް

ސަރަހައްދު

1

ގާކުނޑި، މުށި އަދިވެސް މިބާވަތުގެ ތަކެތި

ބަނދަރު އިރުމަތީކޮޅުގެ އިރުމަތީ ފަރާތުން ފެށިގެން ޣާޒީމަގާ ދެމެދުވާ ސަރަހައްދު

2

ދަގަނޑުގެ ބާވަތްތައް

މިހާރު ކުނިގޮނޑުގެ ދަގަނޑު އެޅުމަށް ހާއްސަ ސަރަހައްދު

3

ބަދިގެ ޑަސްބިން

ރަށުގެ ފުއްޓަރު ކޮޅުން އަލަށް ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުން މޫދަށް

4

ގަސްކުންޏާއި، ދަޅު، ފުޅި އަދި މި ނޫންވެސް އެހެނިހެން ކުނީގެ ބާވަތްތައް

ރަށުގެ ފުއްޓަރު ކޮޅުން އަލަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދު

 

         ވީމާ، 08 ޖޫން 2026 ވަނަ ދުވަހުން ފެށިގެން ކުނީގެ ބާވަތްތައް އެޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުތަކަށް ކުނިއަޅަމުން ގެންދިއުމަށް ދެންނެވީމެވެ. އަދި ދަންނަވަމެވެ. ކުނި މޫދަށް  އުކާލާއިރު ކޮތަޅާއެކު އެއްލާ ނުލުމަށް ދެންނެވީމެވެ.

          މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖޫން 2026
ހޯދާ