ދިވެހިރާއްޖެ
ވޭމަންޑޫ ކުނީގެ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކައި ކުނިއަޅާ ސަރަހައްދުތަކަށް ބައެއް ބަދަލުތައް ގެނައުމަށްވަނީ ނިންމާފައި ކަމުގައި ދެންނެވީމެވެ. މިގޮތުން ކުނިއަޅަންވީ ސަރަހައްދާއި އެސަރަހައްދަށް އަޅަންވީ ކުނީގެ ބާވަތްތައް ތިރީގައި އެވަނީއެވެ.
|
# |
ކުނީގެ ބާވަތް |
ސަރަހައްދު |
|
1 |
ގާކުނޑި، މުށި އަދިވެސް މިބާވަތުގެ ތަކެތި |
ބަނދަރު އިރުމަތީކޮޅުގެ އިރުމަތީ ފަރާތުން ފެށިގެން ޣާޒީމަގާ ދެމެދުވާ ސަރަހައްދު |
|
2 |
ދަގަނޑުގެ ބާވަތްތައް |
މިހާރު ކުނިގޮނޑުގެ ދަގަނޑު އެޅުމަށް ހާއްސަ ސަރަހައްދު |
|
3 |
ބަދިގެ ޑަސްބިން |
ރަށުގެ ފުއްޓަރު ކޮޅުން އަލަށް ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުން މޫދަށް |
|
4 |
ގަސްކުންޏާއި، ދަޅު، ފުޅި އަދި މި ނޫންވެސް އެހެނިހެން ކުނީގެ ބާވަތްތައް |
ރަށުގެ ފުއްޓަރު ކޮޅުން އަލަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދު |
ވީމާ، 08 ޖޫން 2026 ވަނަ ދުވަހުން ފެށިގެން ކުނީގެ ބާވަތްތައް އެޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުތަކަށް ކުނިއަޅަމުން ގެންދިއުމަށް ދެންނެވީމެވެ. އަދި ދަންނަވަމެވެ. ކުނި މޫދަށް އުކާލާއިރު ކޮތަޅާއެކު އެއްލާ ނުލުމަށް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.