ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 )ގްރޭޓާރ މާލެ ޒޯން، ސެންޓްރަލް ޒޯން( ބައިވެރިވުމުގެ މުއްދަތު

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 14 ޖޫން 2026 އިން 25 ޖޫން 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 " (ގްރޭޓަރ މާލެ ޒޯން، ސެންޓްރަލް ޒޯން) ގައި ބައިވެރިވުމުގެ ފެރުޞަތު 8 ޖޫން 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާކަން ދަންނަވަމެވެ.

ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް/މަދަރުސާތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 08 ޖޫން 2026 ވާ ހޯމަ ދުވަހުގެ 22:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ނުވަތަ އީމެއިލް [email protected] ކުރެއްވުން އެދެމެވެ.

 

މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯރމް ( ޕާޓިސިޕޭޝަން ފޯމް ): 

  • ·         މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް (ޕާޓިސިޕޭޝަން ފޯމް)، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި

 

 

މުބާރާތުން ޖޫރިމަނާއަކާއި ނުލާ ވިތްޑްރޯވަލްގެ އެންމެފަހު ތާރިޙް:

  •  10 ޖޫން 2026 ވާ ބުދަ ދުވަހުގެ 14:00 ކުރިން

 

މުބާރާތުގެ އެންޓްރީ ޢާއްމު ކުރުން އަދި ޑްރޯ މީޓިންގ:

  • މުބާރާތުގެ އެންޓްރީ ލިސްޓް ޢާއްމު ކުރުން 9 ޖޫން 2026.
  • ޑްރޯ މީޓިންގ / މެނޭޖަރސް މީޓިންގ 11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި.

 

މުބާރާތުގެ ރެފްރީ :އަލީ އަބްދުލް ކަރީމް   ޑެޕިއުޓީ ރެފްރީ: ………………………

 

* ހުށައަޅުއްވާއިރު ފޯމްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ތަކެތި ހަމަކުރުމަށްފަހު އެސޯސިއޭޝަނަށް ދުރުވެ ފޯމް ހުށައެޅުއްވުމަކީ މިއެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

06 ޖޫން 2026
ހޯދާ