ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 14 ޖޫން 2026 އިން 25 ޖޫން 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 " (ގްރޭޓަރ މާލެ ޒޯން، ސެންޓްރަލް ޒޯން) ގައި ބައިވެރިވުމުގެ ފެރުޞަތު 8 ޖޫން 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާކަން ދަންނަވަމެވެ.
ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް/މަދަރުސާތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 08 ޖޫން 2026 ވާ ހޯމަ ދުވަހުގެ 22:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ނުވަތަ އީމެއިލް [email protected] ކުރެއްވުން އެދެމެވެ.
މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯރމް ( ޕާޓިސިޕޭޝަން ފޯމް ):
- · މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް (ޕާޓިސިޕޭޝަން ފޯމް)، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި
- · މުބާރާތުގެ ޤަވާއިދު ޑައުންލޯޑް ކުރުމަށް Raajje Junior Badminton Championship 2026 – Tournament RULES
- · ބައިވެރިވުމަށް އެދޭ ފޯރމް ޑައުންލޯޑް ކުރުމަށް Participation Form TEAM EVENT & OPEN EVENTS
މުބާރާތުން ޖޫރިމަނާއަކާއި ނުލާ ވިތްޑްރޯވަލްގެ އެންމެފަހު ތާރިޙް:
- 10 ޖޫން 2026 ވާ ބުދަ ދުވަހުގެ 14:00 ކުރިން
މުބާރާތުގެ އެންޓްރީ ޢާއްމު ކުރުން އަދި ޑްރޯ މީޓިންގ:
- މުބާރާތުގެ އެންޓްރީ ލިސްޓް ޢާއްމު ކުރުން 9 ޖޫން 2026.
- ޑްރޯ މީޓިންގ / މެނޭޖަރސް މީޓިންގ 11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި.
މުބާރާތުގެ ރެފްރީ :އަލީ އަބްދުލް ކަރީމް ޑެޕިއުޓީ ރެފްރީ: ………………………
* ހުށައަޅުއްވާއިރު ފޯމްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ތަކެތި ހަމަކުރުމަށްފަހު އެސޯސިއޭޝަނަށް ދުރުވެ ފޯމް ހުށައެޅުއްވުމަކީ މިއެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.