އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއަހަރު އަޟްހާ ޢީދު ސައި ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމާބެހޭ

މިއަހަރު އަޟްހާ ޢީދު ސައި ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ

            މިކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން 1447 ވަނަ އަހަރުގެ އަޟްހާޢީދު ދުވަހު ރައްޔިތުންނަށް ބޭއްވުމަށް ހަމަޖެހިގައިވާ ޢީދުސައި ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ޢީދު ސައި ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި
  2. ކޭޓަރިންގެ ޚިދުމަތް

މާތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަންފޮތް ހޯދުމަށް

  • ކޮމްޕެނީގެ ނަން
  • ގުޅޭނޭ ފަރާތެއްގެ ނަން
  • ފޯން ނަންބަރ
  • އީމެއިލް އެޑްރެސް
  • ކޮމްޕެނީ ނުވަތަ ވިޔަފާރީގެ ހުއްދައިގެ ކޮޕީ

މަތީގައި ދެންނެވިފައިވާ މަޢުލޫމާތުތައް މިކައުންސިލްގެ [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނީ 2026 މައި 23 ވަނަ ދުވަހު އިން 2026 މައި 24 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ. ބީލަން ހުށައަޅުއްވާނީ 2026 މައި 24 ވާ އާދީއްތަ ދުވަހުގެ 21:30 ށް އދ. މާމިގިލީ ކައުންސިލްގެ އިދާރާ އަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 

21 މޭ 2026
ހޯދާ