ދިވެހިރާއްޖެ
މިއަހަރު އަޟްހާ ޢީދު ސައި ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ
މިކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން 1447 ވަނަ އަހަރުގެ އަޟްހާޢީދު ދުވަހު ރައްޔިތުންނަށް ބޭއްވުމަށް ހަމަޖެހިގައިވާ ޢީދުސައި ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ޢީދު ސައި ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި
- ކޭޓަރިންގެ ޚިދުމަތް
މާތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަންފޮތް ހޯދުމަށް
- ކޮމްޕެނީގެ ނަން
- ގުޅޭނޭ ފަރާތެއްގެ ނަން
- ފޯން ނަންބަރ
- އީމެއިލް އެޑްރެސް
- ކޮމްޕެނީ ނުވަތަ ވިޔަފާރީގެ ހުއްދައިގެ ކޮޕީ
މަތީގައި ދެންނެވިފައިވާ މަޢުލޫމާތުތައް މިކައުންސިލްގެ [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނީ 2026 މައި 23 ވަނަ ދުވަހު އިން 2026 މައި 24 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ. ބީލަން ހުށައަޅުއްވާނީ 2026 މައި 24 ވާ އާދީއްތަ ދުވަހުގެ 21:30 ށް އދ. މާމިގިލީ ކައުންސިލްގެ އިދާރާ އަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.