މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާއީ މަސައްކަތްކުރާ ބިންތަކުގެ މައުލޫމާތު ހޯދުން

ސިނާއީ މަސައްކަތްކުރާ ތަންތަނުން ކުލި ނެގުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމަށް މި ކައުންސިލުން ކުރަމުންދާ މަސައްކަތަކުގެ ތެރެއިން، ކައުންސިލްގެ ނަންބަރު PN/2026/69 ނިންމުމާއި އެއްގޮތަށް، ރަށުގެ އެކި ސަރަހައްދު ތަކުގައި ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތައް ދެނެގަތުމަށް ބޭނުންވެއެވެ.

                  އެހެންކަމުން ރަށުގެ އެކި ސަރަހައްދުތަކުގައި  ވިޔަފާރި އުސޫލުންނާއި، އަމިއްލަ ބޭނުންތަކަށް ކައުންސިލު ބިންތަކާއި، ހަރުގެ / ބިން ބޭނުންކުރަމުންދާ ފަރާތްތަކުން 2026 ޖޫން 8 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ނޯޓު ކުރުމަށް ދަންނަވަމެވެ.

ބިމުގެ މައުލޫމާތު ނޯޓުކުރާ ލިންކް: https://forms.gle/hZZ6KUPaDLNz2zho7           

މިހެންވެ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

03 ޛުލްޙިއްޖާ 1447

20 މޭ 2026
ހޯދާ