ދެންނެވުން
ނަންބަރު: (IUL)298/298/2026/23
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2026
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި:
08 ޖޫން 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސިނާއީ މަސައްކަތްކުރާ ބިންތަކުގެ މައުލޫމާތު ހޯދުން
ސިނާއީ މަސައްކަތްކުރާ ތަންތަނުން ކުލި ނެގުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމަށް މި ކައުންސިލުން ކުރަމުންދާ މަސައްކަތަކުގެ ތެރެއިން، ކައުންސިލްގެ ނަންބަރު PN/2026/69 ނިންމުމާއި އެއްގޮތަށް، ރަށުގެ އެކި ސަރަހައްދު ތަކުގައި ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތައް ދެނެގަތުމަށް ބޭނުންވެއެވެ.
އެހެންކަމުން ރަށުގެ އެކި ސަރަހައްދުތަކުގައި ވިޔަފާރި އުސޫލުންނާއި، އަމިއްލަ ބޭނުންތަކަށް ކައުންސިލު ބިންތަކާއި، ހަރުގެ / ބިން ބޭނުންކުރަމުންދާ ފަރާތްތަކުން 2026 ޖޫން 8 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ނޯޓު ކުރުމަށް ދަންނަވަމެވެ.
ބިމުގެ މައުލޫމާތު ނޯޓުކުރާ ލިންކް: https://forms.gle/hZZ6KUPaDLNz2zho7
މިހެންވެ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
03 ޛުލްޙިއްޖާ 1447
20 މޭ 2026