މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ކައުންސިލް އިދާރާގެ އިންޓަރންޝިޕް ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

 

ހެނބަދޫ ކައުންސިލް އިދާރާގެ އިންޓަރންޝިޕް ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުޞަތު

 

މަޤާމު:

އިންޓަރންޝިޕް

ބޭނުންވާ އަދަދު:

2026 ވަނަ އަހަރު ފެބުރުވަރީ، މާރިޗް ގައި އޯލެވެލް ނިންމި ދަރިވަރުން.

މުއްދަތު:

ތިންމަހުން ތިންމަހުން ތިން ކުދިން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ، ދިވެހިރާއްޖެ

ޕޮކެޓްމަނީގެ ގޮތުގައި މަހަކު:

 ޕޮކެޓްމަނީގެ ގޮތުގައި ފައިސާ ދިނުމަށް ހަމޖެހިފައެއް ނުވެއެވެ.

ޕްރޮގްރާމް ގެ މަޤުޞަދު

އަލަށް ސްކޫލް ނިންމާފައިވާ ދަރިވަރުން އޮފީހުގެ މާހައުލަށާއި އޮފީސްތަކުގައިކުރާ މަސައްކަތްތަކަށް އަޙްލުވެރި ކުރުވާ، އިސްނަގައިގެން މަސައްކަތްތައް ކޮށް، ޒިންމާއުފުލާ، ވަޒީފާގެ މާހައުލަށް އަހުލުވެރި ދަރިންތަކެއް ބިނާކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލް ނުވަތަ ސްޕަވައިޒަރަށް ޖަވާބުދާރީވުން.

 

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

 

  1. ކައުންސިލް އިދާރާގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރުން

 

  1. ކައުންސިލުން ހިންގަމުން އަންނަ ޕްރީސްކޫލް، ޤުރްއާން ކުލާހުގެ އިދާރީ މަސައްކަތްތައް ސްޕަވައިޒަރުގެ ލަފާގެ ދަށުން ކުރުން.

 

  1. ކައުންސިލުން ކުރުމަށް އަންގާ ކަންތައްތައް ކުރުން.

     

މަޤާމުގެ ޝަރުޠުތައް:

 

-         2026 ވަނަ އަހަރު ފެބުރުވަރީ، މާރިޗް ގައި އޯލްލެވެލް އިމްތިޙާން ނިންމާފައި ވުން.

 

މަސައްކަތުގެ ދާއިރާ:

-         އެޑްމިނިސްޓްރޭޝަން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ އިންޓަރންޝިޕައް އެދޭ ފޯމު (މި ފޯމު ކައުންސިލްގެ އިދާރާގެ ކައުންޓަރުން  ލިބެންހުންނާނެއެވެ.) 
  2. އިންޓަރންޝިޕައް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. އިންޓަރންޝިޕައް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. 2026 ވަނަ އަހަރު ފެބުރުވަރީ، މާރިޗް މަހު އޯލެވެލް ނިންމި ކަން އެނގޭ ފަދަ ލިޔުމެއް.

 

އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުން   50
  • އިންޓަރވިއު  50

ނޯޓް:-  މި މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތަރުތީބުން އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުޞަތު ފަހަރަކު 3 ކުދިންނަށް 3 މަސް ދުވަހު މަސައްކަތް ކުރުމުގެ ފުރުޞަތު ދެވޭނެއެވެ. އެއަށް ފަހު އެހެން 3 ކުދިންނަށް ފުރުޞަތު ދެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މޭ 2026 ވާ އަންގާރަ ދުވަހުގެ ގެ 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

2026 ވަނަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560018 އަށެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

14 މޭ 2026

 

14 މޭ 2026
ހޯދާ