|
ހެނބަދޫ ކައުންސިލް އިދާރާގެ އިންޓަރންޝިޕް ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުޞަތު
|
|
މަޤާމު:
|
އިންޓަރންޝިޕް
|
|
ބޭނުންވާ އަދަދު:
|
2026 ވަނަ އަހަރު ފެބުރުވަރީ، މާރިޗް ގައި އޯލެވެލް ނިންމި ދަރިވަރުން.
|
|
މުއްދަތު:
|
ތިންމަހުން ތިންމަހުން ތިން ކުދިން
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ، ދިވެހިރާއްޖެ
|
|
ޕޮކެޓްމަނީގެ ގޮތުގައި މަހަކު:
|
ޕޮކެޓްމަނީގެ ގޮތުގައި ފައިސާ ދިނުމަށް ހަމޖެހިފައެއް ނުވެއެވެ.
|
|
ޕްރޮގްރާމް ގެ މަޤުޞަދު
|
އަލަށް ސްކޫލް ނިންމާފައިވާ ދަރިވަރުން އޮފީހުގެ މާހައުލަށާއި އޮފީސްތަކުގައިކުރާ މަސައްކަތްތަކަށް އަޙްލުވެރި ކުރުވާ، އިސްނަގައިގެން މަސައްކަތްތައް ކޮށް، ޒިންމާއުފުލާ، ވަޒީފާގެ މާހައުލަށް އަހުލުވެރި ދަރިންތަކެއް ބިނާކުރުން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލް ނުވަތަ ސްޕަވައިޒަރަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ކައުންސިލް އިދާރާގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރުން
- ކައުންސިލުން ހިންގަމުން އަންނަ ޕްރީސްކޫލް، ޤުރްއާން ކުލާހުގެ އިދާރީ މަސައްކަތްތައް ސްޕަވައިޒަރުގެ ލަފާގެ ދަށުން ކުރުން.
- ކައުންސިލުން ކުރުމަށް އަންގާ ކަންތައްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- 2026 ވަނަ އަހަރު ފެބުރުވަރީ، މާރިޗް ގައި އޯލްލެވެލް އިމްތިޙާން ނިންމާފައި ވުން.
މަސައްކަތުގެ ދާއިރާ:
- އެޑްމިނިސްޓްރޭޝަން
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އިންޓަރންޝިޕައް އެދޭ ފޯމު (މި ފޯމު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- އިންޓަރންޝިޕައް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- އިންޓަރންޝިޕައް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- 2026 ވަނަ އަހަރު ފެބުރުވަރީ، މާރިޗް މަހު އޯލެވެލް ނިންމި ކަން އެނގޭ ފަދަ ލިޔުމެއް.
|
|
އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- އަސާސީ ޝަރުތު ހަމަވުން 50
- އިންޓަރވިއު 50
ނޯޓް:- މި މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތަރުތީބުން އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުޞަތު ފަހަރަކު 3 ކުދިންނަށް 3 މަސް ދުވަހު މަސައްކަތް ކުރުމުގެ ފުރުޞަތު ދެވޭނެއެވެ. އެއަށް ފަހު އެހެން 3 ކުދިންނަށް ފުރުޞަތު ދެވޭނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މޭ 2026 ވާ އަންގާރަ ދުވަހުގެ ގެ 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓްކުރުން:
|
2026 ވަނަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560018 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|