ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޢާއިލީ މައްސަލަތައް ހުށަހަޅާ ފޯމުތައް ބަދަލުވުމާގުޅޭ

ޢާއިލީ މައްސަލަތައް ހުށަހެޅުމަށް ހދ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ބޭނުންކުރަމުން އައި ފޯމުތައް އިޞްލާޙުކޮށްފައިވާތީ، 2026 މޭ 17 ވަނަ ދުވަހުން ފެށިގެން، ކޯޓުތަކުން ބަލައިގަންނާނީ އިޞްލާޙުކޮށް އާންމުކޮށްފައިވާ ފޯމުތައް ކަމުގައި ދެންނެވީމެވެ. ޢާއިލީ މައްސަލަތަކާ ގުޅުންހުރި ފޯމުތަކުގެ ތެރެއިން އިޞްލާޙުކުރި ފޯމުތައް ކޯޓުތަކުގެ ވެބްސައިޓުންނާއި ކޯޓުތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ޢާއިލީ މައްސަލަތަކާ ގުޅުންހުރި ފޯމުތަކުގެ ތެރެއިން އިޞްލާޙުކޮށްފައިވާ ފޯމުތައް ތިރީގައި އެވަނީއެވެ.

ފޯމުގެ ނަން

ފޯމު ނަންބަރު

 #

ވަލީ ހޯދުމަށް އެދި ހުށަހަޅާ ފޯމު

MC-B01

1

ޞުލްޙައަށް އެދި ހުށަހަޅާ ފޯމު

MC-B02

2

ވަރިކުރުމަށް/ވަރިވުމަށް އެދި ހުށަހަޅާ ފޯމު

MC-B03

3

ވަރި ސާބިތުކުރުމަށް އެދި ހުށަހަޅާ ފޯމު

MC-B04

4

ވަރިވެފައިވާކަމާމެދު ޝައްކުވެގެން ހުށަހަޅާ ފޯމު

MC-B05

5

މަރު ސާބިތުވިކަމުގެ ލިޔުމަށް އެދި ހުށަހަޅާ ފޯމު

MC-B06

6

ޚަރަދުގެ މައްސަލަ ހުށަހަޅާ ފޯމު

MC-B07

7

ނަސަބާގުޅޭ މައްސަލަ ހުށަހަޅާ ފޯމު

MC-B08

8

ޙަޟާނަތުގެ މައްސަލަ ހުށަހަޅާ ފޯމު

MC-B09

9

ބަލަދުވެރިކަން ސާބިތުކުރުމަށް އެދި ހުށަހަޅާ ފޯމު

MC-B10

10

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމު

MC-B11

11

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް ބަދަލު ގެނައުމަށް ނުވަތަ އެ އަމުރު ބާޠިލު ކުރުމަށް އެދޭ ފޯމު

MC-B12

12

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުގެ ދަށުން ކޯޓު އަމުރަށް އެދޭ ފޯމު

MC-B13

13

ވަގުތީ އަމުރަށް އެދޭ ފޯމު             

MC-B14

14

ވަގުތީ އަމުރު ތަންފީޒު ކުރުމަށް ނުވަތަ މުރާޖަޢާ ކުރުމަށް އެދި ހުށަހަޅާ ފޯމު

MC-B15

15

ޢާއިލީ އެހެނިހެން މައްސަލަ ހުށަހަޅާ ފޯމު

MC-B16

16

ޙުކުމް ތަންފީޒު ކުރުމަށްއެދޭ ފޯމު

MC-B17

17

ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށްއެދޭ ފޯމު

MC-B18

18

ބަދަލު ހަމަޖެއްސުމަށް އެދޭ ފޯމު

MC-B19

19

ބަދަލު ހަމަޖެއްސި ފަރާތް ތަނާޒުލުވުމަށް އެދި ހުށަހަޅާ ފޯމު

MC-B20

20

ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށް އެދޭ ފޯމު

MC-B21

21

މައްސަލައިގައި ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު ބަދަލުކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅާ ފޯމު

MC-B22

22

ޤާނޫނީ ވަކީލު ތަނާޒުލުވުމަށް އެދި ހުށަހަޅާ ފޯމު

MC-B23

23

ތަދައްޚުލުވުމަށް އެދޭ ފޯމު

MC-B24

24

ޢާއިލީ މައްސަލަތަކުގައި ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޒުކުރާ ފޯމު

MC-B25

25

ޖަވާބު ހުށަހަޅާ ފޯމު

MC-B26

26

ޙުކުމުގައިވާ ކުށް އިސްލާޙުކުރުމަށް އެދި ހުށަހަޅާ ފޯމު

MC-B27

27

ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދޭ ފޯމު

MC-B28

28

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

13 މޭ 2026
ހޯދާ